Vazeefaa adhaa nukuraa zuvaanunge adhadhu 22 Insahtha gai
image
ހުނަރުވެނި ސްކިލް ޝޯގައި ދަރިވަރުންތަކަކަށް އެމްއެންޑީއެފުން މައުލޫމާތު ދެނީ-- ފޮޓޯ: ސީއެންއެމް
މާއިދާ މުހައްމަދު ރަޝާދު
2 ކޮމެންޓް
 

ވަޒީފާ އަދާ ނުކުރާ ޒުވާނުންގެ އަދަދު 22 އިންސައްތަ އަށް

ރާއްޖޭގައި ވަޒީފާ އަދާ ނުކުރާ ޒުވާނުންގެ އުޅެނީ 22 އިންސައްތައިގައި ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެ އެވެ.
ވަޒީފާ އަށް ނިކުންނަ ދިވެހި ޒުވާނުންގެ އަދަދު މަދުކަން ފާހަގަކުރައްވާ މިއަދު ދަރުބާރުގޭގައި ފެށި، ހުނަރުވެނި 2019 ގައި މިނިސްޓަރު ވިދާޅުވީ، ދިވެހި ޒުވާނުން ވަޒީފާތަކަށް ނުނިކުތުމުގެ ނަތީޖާ އަކީ ވަޒީފާތަކަށް ބިދޭސީން ނެރެން ޖެހުން ކަމަށެވެ.

އެކަމުގެ ސަބަބުން އިގްތިސާދަށް ވެސް ނުރަނގަޅު އަސަރު ކުރާ ކަމަށާއި މިހާރު އިޖުތިމާއީ މައްސަލަތައް ވެސް ވަރަށް ބޮޑަށް ދިމާވަމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެއީ ސަރުކާރުގެ ވަރަށް ބޮޑު ކަންބޮޑުވުމެއްކަން ފާހަގަކުރައްވާ މިނިސްޓަރު އިތުރަށް ވިދާޅުވީ ބިދޭސީންގެ ސަބަބުން ކުރިމަތިވާ އިޖުތިމާއީ މައްސަލަތަކަށް އަޅާ ނުލާ ދޫކޮށްލެވެން މިއަދު ނެތް ކަމަށެވެ.

އެކަމަކު އެ މައްސަލަ ހައްލުވާނީ ރާއްޖޭގައި ހުރި ވަޒީފާގެ ފުރުސަތުތަކަށް ދިވެހިން ނިކުމެގެން ކަމަށް ވިދާޅުވި އެވެ. މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ވަޒީފާއަށް ނިކުންނަ ދިވެހިންގެ އަދަދު އިތުރު ކުރުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެގޮތުން ވަޒީފާތަކަށް ނިކުންނަން ބޭނުންވާ ޒުވާނުންނަށް އެ މަގު ތަނަވަސްކޮށްދިނުމަކީ ވެސް ވަރަށް ބޮޑު ބޭނުމެއް ކަމަށާއި ވަޒީފާއަށް ޝައުގުވެރިވާ ޒުވާނުން މިއަދު ހުޅުވި ހުނަރުވެނި ޝޯއަށް ޒިޔާރަތް ކުރެއްވުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސްޕޮންސާ ކުރާ އެ ޝޯ ކުރިއަށް ދާނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ދަރުބާރުގޭގަ އެވެ.
ހިޔާލު

ޕީ.އެޗް.ޑީވަގަށް ހޯދިމީހާ

އެމް.އެން.ޑީ.އެފުން މަޢުލޫމާތު ދޭއިރު ވިސްނާލަން ޖެހޭ، މުޅިންވެސް ކިޔައިދެނީ، ވަރަށް މޮޅެތި ކަންކަން ކުރެވިދާނެ ކަމަާއި ފުރުސަތު އޮތްކަން މިސާލަކަށް ޕައިލެޓަކަށް ވެދާނެކަމާއި، ޑޮކްޓާރަކަށް ވެދާނެކަން، ނަަމަވެސް މި ވިސްނުން ބަދަލުކުރަންޖެހޭ، ވަރަށް އާދައިގެ ތަންކޮޅެއް ދައްފަންތީގެ ތައުލީމީ މީހުންނަށް ކުރެވޭނެކަންކަން ހުރިކަމާއި އެފުރުސަތުތައް ހުރިކަމަށް ކިޔައިދޭން ޖެހޭ، އެކަންކަން ބޮޑަށް ޕްރޮމޯޓްކުރަން ޖެހޭ، ސިފައިންގެ އަކީ މުޅިން ކިޔަވައިގެން ތިބި މީހުން ބޭނުންވާ ތަނެއް ނޫން،،

ނާޅި

ވަޒީފާތަކަށް ކުރިމަތިލާ މީހުން ވަރަށް ގިނަ އެހެން ކަމުން ވަޒީފާ ނެތްމީހުން ގިނަކަން ފާހަގަވަނީ އެއްވެސް ބަޔަކު ހަޤީގަށް އޮޅުވާނެ ކަމެނެތް ވަޒީފާ ނެތިގެން އުޅޭމީހުން ޒުވާނުން ވަރަށް ގިނަ !