Luv aai Hina ge ekuverikan roolhi social media in ves block fohfi
image
ލަވް އާއި ހީނާ--
0 ކޮމެންޓް
 

ލަވް އާއި ހީނާގެ އެކުވެރިކަން ރޫޅި ސޯޝަލް މީޑިއާއިން ވެސް ބްލޮކްކޮށްފި

މަޝްހޫރު ޓީވީ ތަރި ހީނާ ހާން އާއި ލަވް ތިޔާގީގެ މެދުގައި ގާތް ގުޅުމެއް އުފެދުނީ ކަލާސް ޓީވީން ދައްކާ މަޝްހޫރު ރިއަލިޓީ ޝޯ، "ބިގް ބޮސް" ގެ ތެރެއިންނެވެ.
ހީނާ އާއި ލަވް ވަނީ ޕްރިޔަންކް ޝަރްމާއާ ވެސް ޝޯގެ ތެރެއިން ރަހުމަތްތެރިވެފަ އެވެ. ތިން މީހުންގެ މެދުގައި އެކުވެރިކަން އުފެދުނުއިރު ޝޯއަށް ފަހު ވެސް އެތިން މީހުން އެކުގައި މަޖާ ނަގާ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާ ގައި ހިއްސާކޮށްފައި ވެއެވެ.

ތިން އެކުވެރިންގެ މެދުގައި މައްސަލަތަކެއް އުޅޭ ކަމަށް މީގެ ކުރިން އަޑު ފެތުރުނީ ލަވް، އިންސްޓަގްރާމުން ހީނާ އާއި ޕްރިޔަންކް އަންފޮލޯ ކުރުމާއެކު އެވެ. އަދި އެކަކު އަނެކަކުގެ ފޮޓޯތައް އިންސްޓަގްރާމުގައި ހިއްސާކުރަމުން ގޮސް ކުއްލިއަކަށް ލަވް، ޕްރިޔަންކް އާއި ހީނާ އަންފޮލޯ ކުރި ސަބަބު ބަޔާންކޮށްދޭން އޭނާ ބޭނުމެއް ވެސް ނުވި އެވެ.

ޓްވިޓާގައި ސަޕޯޓަރުންގެ ސުވާލުތަކަށް ޖަވާބު ދެމުން ދިޔަ ވަގުތު މީހަކު ވަނީ ލަވްއާ ގުޅޭ ގޮތުން ހީނާއާ ސުވާލުކޮށްފަ އެވެ. އަދި ޖަވާބުގައި ހީނާ ވަނީ އޭނާ އެއްވެސް މީހަކު އަންފޮލޯ ނުކުރާ ކަމަށާއި އެކަމަކު "ކޮންމެވެސް މީހަކު" އޭނާ ބްލޮކް ކޮށްފައިވާ ކަމަށް ބުނެފަ އެވެ.

އެންމެންނަށް ވެސް އެދެނީ ކާމިޔާބުކަން ފާހަގަކޮށް ހީނާ ވަނީ އޭނާގެ ހަޔާތުގައި އެ ބާބު ނިމުންތާ މިހާރު ދުވަސްތަކެއް ވެފައިވާ ކަމަށް ވެސް ބުނެފަ އެވެ.

ލަވް އާއި ހީނާގެ ގުޅުން ހީނަރުވި ނަމަވެސް ހީނާ އާއި ޕްރިޔަންކް އަދި ވެސް ނިކަން ގާތެވެ. އެގޮތުން ދާދި ފަހުން އެމީހުން ވަނީ އަރްޖިތު ސިންގްގެ ކުރިއަށް އޮތް މިއުޒިކް ލަވަ ވެސް ޝޫޓު ކޮށްފަ އެވެ. އެކަމަކު އަދި އެލަވައެއް ނުނެރެ އެވެ.

މޮޑެލް ކުރުމާއި ޑާންސް ކުރުމުގެ އިތުރުން ކޮރެއޮގްރާފަރެއްގެ ގޮތުގައި ފެނުނު އުމުރުން 25 އަހަރުގެ ޕްރިޔަންކް މަގުބޫލުވީ ބޮޑެތި ރިއަލިޓީ ޝޯތަކުގައި ބައިވެރިވެގެންނެވެ. އެގޮތުން އޭނާ ވަނީ ބިގް ބޮސްގެ އިތުރުން "ސްޕްލިޓްވިލާ" އާއި "ރޯޑީސް ރައިޒިން" ގައި ބައިވެރިވެފަ އެވެ.

އުމުރުން 31 އަހަރުގެ ހީނާ، މަގްބޫލުވީ، ސްޓާ ޕްލަސް އިން ދައްކަމުން އަންނަ "ޔޭ ރިޝްތާ ކިޔާ ކެހްލާތާ ހޭ" ގައި އަކްޝަރާގެ ރޯލުން ފެނުން ފަހުންނެވެ. ހަތްރޯން ކީ ކިލާޅީ އިން ވެސް ފެނުނު ހީނާ މިހާރު އަންނަނީ މަޝްހޫރު ޓީވީ ޝޯ، "ކަސޯޓީ" ގައި ކޮމޯލިކާގެ ރޯލު ކުޅެމުންނެވެ.
View this post on Instagram

Ye Mausam Aur ye Baarish 💦☔️

A post shared by Hina Khan (@realhinakhan) on


އުއްތަރުޕަރްދޭޝަށް ނިސްބަތްވާ ލަވްއަކީ ކޮމްޕިއުޓާ އިންޖީނިއަރިންގެ ދާއިރާ އިން މަތީ ތައުލީމު ހާސިލުކޮށްފައިވާ މީހެކެވެ. ފިލްމީ ދާއިރާ އިން ފެނިފައި ނުވާ ލަވް މަޝްހޫރުވީ، "ބިގް ބޮސް" އިންނެވެ.
ހިޔާލު