Bainalagvaamee logo mubaaraathun 1 vana hoadhi zuvaanaa ah maruhabaa dhannavaifi
image
މިނިސްޓަރު ޔުމްނާ، ނައުޝާ އާ ބައްދަލުކުރައްވަނީ-- ފޮޓޯ: ހެރިޓޭޖް މިނިސްޓްރީ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ބޭރުގެ ލޯގޯ މުބާރާތުން އެއްވަނަ ހޯދި ޒުވާނާ އަށް މަރުހަބާ ދަންނަވައިފި

ބައިނަލްއަގްވާމީ ލޯގޯ ފަރުމާ ކުރުމުގެ މުބާރާތަކުން ފަހުރުވެރި ކާމިޔާބެއް ހޯދި އުމުރުން 21 އަހަރުގެ ދިވެހި ޒުވާނަކަށް އާޓްސް މިނިސްޓަރު ޔުމްނާ މައުމޫން މަރުހަބާ ދަންނަވައިފި އެވެ.
އިންޓަނޭޝަނަލް ޔޫތު ކޮމިޓީން އިންތިޒާމްކޮށްގެން ބޭއްވި ލޯގޯ ފަރުމާކުރުމުގެ މުބާރާތުން ކާމިޔާބު ހޯދީ ހައްވާ ނައުޝާ އާއި މިނިސްޓަރު ޔުމްނާ މައުމޫން ބައްދަލު ކުރެއްވީ މިއަދެވެ.

ޔުމްނާ ވަނީ ނައުޝާ އާ ބައްދަލުކޮށް ހޯދި ކާމިޔާބަށް މަރުހަބާ ދަންނަވާފަ އެވެ. ނައުޝާ އަށް އެމުބާރަތުން އެއް ވަނަ ލިބުނީ، އެ މުބާރާތުގެ ތިންވަނަ ކެޓަގަރީގައި ވާދަކޮށްގެންނެވެ. އުމުރުން 21 އަހަރުގެ ނައުޝާ އަކީ ލ. އިސްދޫ ހެލްތު ސެންޓަރުގެ އެސިސްޓެންޓް ނަރުހެކެވެ.


ލޯގޯ ފަރުމާކުރުމުގެ މުބާރާތުގައި ބައިވެރިން ޑިޒައިން ކުރަން ޖެހުނީ އަންނަ ޑިސެމްބަރު މަހު ފްރާންސްގެ ޕެރިހުގައި ބާއްވާ ވޯލްޑް ޔޫތު ޖެނަރަލް އެސެމްބުލީ އަށް ހާއްސަ ލޯގޯ އެކެވެ. އެގޮތުން އެމުބާރާތަށް ވަނީ 62 ގައުމަކުން 400 އަށް ވުރެ ގިނަ ލޯގޯ ޑިޒައިންތައް ހުށަހަޅާފަ އެވެ.
ހިޔާލު