Lanka gai visa nethi ulhey meehun deport kuranee, 291 Dhivehin himeney!
image
ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބޭއްވި ހަރަކާތެއްގައި އެ ގައުމުގައި އުޅޭ ދިވެހިންތަކެއް ބައިވެރިވަނީ.
6 ކޮމެންޓް
 

ލަންކާގައި ވިސާ ނެތި އުޅޭ މީހުން ޑީޕޯޓް ކުރަނީ، 291 ދިވެހިން ހިމެނޭ!

އަވައްޓެރި ސްރީ ލަންކާގައި ވިސާ ނެތި 8،000 ވުރެ ގިނަ މީހުން އުޅެމުން އަންނަ ކަމަށާއި، އެ އެންމެން ޑީޕޯޓް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފި އެވެ.
އީސްޓާ ސަންޑޭ ހަމަލާ އަށް ފަހު އެ ގައުމުގެ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން އަޅާ ފިޔަވަޅު ތަކުގެ ތެރެއިން، ވިސާ ނެތި އުޅެމުން އަންނަ މީހުން ޑީޕީޓް ކުރަން ތައްޔާރުވަމުން އަންނަ އިރު އޭގެ ތެރޭގައި 291 ދިވެހިން ހިމެނޭ ކަމަށް އެ ގައުމުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުނެ އެވެ.

އޭގެ އިތުރުން އިންޑިއާގެ 1,680 މީހުން، ޕާކިސްތާނުގެ 936 މީހުން އަދި ޗައިނާގެ 683 މީހުންގެ އިތުރުން ނެދަލޭންޑްސްގެ 541 މީހުން ލަންކާގައި ވިސާ ނެތި އުޅެމުން އަނަން ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އޭގެ އިތުރުން ދެން އެންމެ ގިނައިން ވިސާ ނެތި ލަންކާގައި އުޅެނީ ދިވެހިންނެނެވެ.

އެ ލިސްޓުގައި ހިމެނޭ އިތުރު ގައުމުތައް:

- ބަންގްލަދޭޝަ، 152 މީހުން
- ޔޫކްރޭން، 167 މީހުން
- ސައުދީ އަރަބިއްޔާ، 172 މީހުން
- ރަޝިޔާ، 157 މީހުން
- ލުބުނާން، 157 މީހުން
- އޮސްޓްރޭލިއާ، 155 މީހުން
- ނައިޖީރިއާ، 130 މީހުން
- ފްރާންސް، 110 މީހުން
- އިނގިރޭސިވިލާތް، 44 މީހުން

ލަންކާ މީޑިއާތަކުން ބުނާ ގޮތުގައި އެ ގައުމަށް ޓޫރިސްޓް ވިސާގައި އެތެރެވުމަށް ފަހު، ވިސާ މުއްދަތު ހަމަވުމުން ވެސް އަނބުރާ ނުގޮސް ތިބި ގިނަ މީހުން އުޅެނީ އެ ގައުމުގެ އެކި ވަޒީފާ ތަކުގަ އެވެ. އެގޮތުން ކޮންސްޓްރަކްޝަން މަސައްކަތްތަކާއި، ރެސްޓޯރަންޓްތަކުގެ އިތުރުން ދަނޑުވެރިކަމުގެ މަސައްކަތް ވެސް އޭގެ ތެރެއިން ބައެއް މީހުން ކުރާ ކަމަށް ބުނެ އެވެ.

އެ ގައުމުގެ އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ވަނީ އެ މީހުން ޑީޕޯޓް ކުރުމަށް ބޭނުންވާ ބަޖެޓް ހަމަޖެއްސުމަށް ކެބިނެޓުގައި އެދިފަ އެވެ. އަދި އެކަން ހަމަޖެހުމާ އެކު އެ މީހުން ކޮލަމްބޯގެ އެއް ތަނަކަށް ގެނެސް، ޑީޕޯޓް ކުރުމާއި ހަމަ އަށް އެ ތަނުގައި ބައިތިއްބާނެ ކަމަށް ވެސް އޮފިޝަލުންނާ ހަވާލާދީ ލަންކާގެ މީޑިއާ ތަކުން ބުނެ އެވެ.
ހިޔާލު

ބެލެނިވެރިން

މިރާއްޖޭ ގަ އުޅޭ ސުޕުން (ލަންކާ ވައިޓް ޓޯޓަލް) ޑީޕޯޓް ކުރަން ވީ

ސިސޫ

ތިކަމެއް މި ގައުމުގަ ނުކުރާނެ..
މޭޖު ދަށުން ދަށުން ދާމަ ކުޅޭ މިނިސްޓްރީ ތިބި.
ބާއި އެޅިމަ ބޮނދު އޯކޭ ވިސާ ނެތަސް.

ކޮލެޖު ބޯއި

ރާއްޖޭގައި ގަވައިދާއި ޚިލާފަށް އުޅޭ މީހުން ފޮނުވާލުމުގެ ހިތްވަރެއް ގާބިލުކަމެއް ނެތް. އިމިގްރޭޝަން ގެ ބައެއް އޮފިސަރުން ބޭނުމެއް ނުވާނެ ޑިޕޯޓުކުރަން. ސަބަބު ވަރަށް ސާފު ދޯ؟. އެހެން އުޅޭ މީހުން ގަވައިދަށް ފައްތާނީ.

ފައިވާންޖޯޑު

ދިވެހިރާއްޖޭގައި އެކަނިި އުޅެވޭނީ ވިސާ ހަމަވެގެން ލަންކާ މީހުން އެމީހުންގެ ގައުމު ދެކެލޯބިވޭ މި ދިވެހިންނަކީ ވޯޓުން ހޮވުމަށްފަހު ފިޔަލަ ބޮލަށް ނައު ދުއްވާ ބައެއް

އާދަކާދަ

ލަންކާގަ ވިސާ ނެތި 8000 މީހުން. އެއީ 20 މިލިއަން މީހިން އުޅޭ ގައުމެއް. ރާއްޖޭގަ ވިސާ ނެތި 70000 މީހުން. ބިރު ނުގަނޭތަ؟

ކޮންޓްރޯލަރު

ރާއްޖޭގައިވެސް ތިޔަހެން ކަންތައް ކުރަން ވެއްޖެތާ ކިތަންމެ ދުވަހެއް..