Addu convention center aai dhimaalu valuthereygai roavejje
image
އެމްއެެންޑީއެފުން އަލިފާން ނިންވުމުގައި ހަރަކާތްތެރިވަނީ.
0 ކޮމެންޓް
 

އައްޑޫ ކޮންވެންޝަން ސެންޓަރާ ދިމާލު ވަލުތެރޭގައި ރޯވެއްޖެ

އައްޑޫ ސިޓީގެ ކޮންވެންޝަން ސެންޓަރާ ދިމާލު ވަލުތެރޭގައި އަލިފާން ފޯވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެެންޑީއެފުން ބުނީ މިއަދު 12:42 ގައި އަލިފާން ފޯވެފައިވާ ކަމުގެ ރިޕޯޓް ލިބުމާއި ގުޅިގެން ހިތަދޫ ފަޔާ ސްޓޭޝަނުގެ ސިފައިން، އަލިފާން ނިންވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މިހާރު ވަނީ 90 ޕަސެންޓް ކޮންޓްރޯލް ކުރެވިފައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެ ސަރަހައްދުގެ ވަލު ތެރޭގެ އެކި ސަރަހައްދުތަކުގައި ގާތްގަނޑަކަށް 200 މީޓަރުގެ ސަރަހައްދެއްގައި އަލިފާން ރޯވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެގޮތުން ބޮޑަށް އަލިފާން ރޯވެފައި ހުރީ ކަށިކެޔޮ އަދި ބުރު ގަސްތަކުގައި ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި އަލިފާން ރޯވެފައިވާ ސަރަހައްދުގެ ގިނަ ގަސްތައް އަނދާފައި ވާއިރު، އެ ސަރަހައްދުން ވަރަށް ގަދަޔަށް އަންނަނީ ދުން އަރަމުންނެވެ.

އެ ސަރަހައްދުގައި އަލިފާން ރޯވެފައި ވަނީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެ އެވެ.
ހިޔާލު