Sarukaaru kunfuni thakuge issverin Majlis committee ah haaziru kuranee
image
0 ކޮމެންޓް
 

ސަރުކާރު ކުންފުނިތަކުގެ އިސްވެރިން މަޖިލިސް ކޮމިޓީއަށް ހާޒިރުކުރަނީ

ރައްޔިތުންގެ މަޖިލިހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަޒް ކޮމިޓީން މިރޭ ބާއްވާ ބައްދަލުވުމަށް ސަރުކާރު ކުންފުނިތަކުގެ އިސްވެރިން ހާޒިރު ކުރަން ނިންމައިފި އެވެ.
މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާ މިއަދު ވިދާޅުވީ މިރޭ ބާއްވަން ތާވަލުކޮށްފައިވާ އެ ކޮމިޓީގެ ބައްދަލުވުމަށް ސަރުކާރު ހިއްސާވާ ހުރިހާ ކުންފުންޏެއްގެ އިސްވެރިންނަށް ދައުވަތު ފޮނުވާފައިވާ ކަމަށެވެ.

ސްޓޭޓް އޯންޑް އެންޓަޕްރައިޒަޒް ކޮމިޓީއަކީ ސަރުކާރު ކުންފުނިތަކާ ބެހޭ ކަންކަން ދިރާސާ ކުރުމަށް އެކުލަވާލާފައިވާ ކޮމިޓީ އެކެވެ. އެ ކޮމިޓީގެ މުގައްރިރަކީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އަދި ނައިބު މުގައްރިރަކީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ އެވެ.

ދެން އޮ ކޮމިޓީގައި އިތުރު 11 މެމްބަރުން ތިއްބަވަ އެވެ. އެއީ މުގައްރިރާއި ނައިބު މުގައްރިރާއެކު ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ނުވަ މެމްބަރުންނާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)، ޖުމްހޫރީ ޕާޓީ (ޖޭޕީ)، މިއިން ކޮންމެ ޕާޓީއަކުން މެމްބަރަކާއި، މިނިވަން މެމްބަރެކެވެ.

މިނިސްޓްރީ އޮފް ފިނޭންސުން އެންމެ ފަހުން ނެރުނު ލިސްޓުގައިވާ ގޮތުން ރާއްޖޭގައި ސަރުކާރުން 100 އިންސައްތަ ހިއްސާވާ 20 ކުންފުނި އޮވެ އެވެ.

ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުނިތައް

1. ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)
2. އައިލެންޑް އޭވިއޭޝަން
3. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)
4. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)
5. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)
6. ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް
7. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)
8. އާސަންދަ
9. ކައްދޫ އެއާޕޯޓު ކޮމްޕެނީ
10. ފެނަކަ
11. މޯލްޑިވްސް ހައްޖު ކޯޕަރޭޝަން
12. ހަޒާނާ މޯލްޑިވްސް
13. މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑް
14. މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
15. މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެމްއައިޓީޑީސީ)
16. ވޭސްޓް މެނޭޖުމަންޓު ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)
17. ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑް
18. ނޭޝަނަލް އިންވެސްޓްމަންޓު މެނޭޖުމަންޓު ކޮމްޕެނީ ލިމިޓެޑް
19. ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)
20. ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް
ހިޔާލު