Zero ge naakaamiyaabah fahu film ehgai soi nukoh Shah huree keevve?
image
ޝާހުރުކް ހާން--
0 ކޮމެންޓް
 

ޒީރޯގެ ނާކާމިޔާބަށް ފަހު ފިލްމެއްގައި ސޮއިނުކޮށް ޝާހު ހުރީ ކީއްވެ؟

މިފަހަކަށް އައިސް ބޮލީވުޑުގެ ކާމިޔާބު ބަތަލު ޝާހުރުކް ހާނުގެ ފިލްމުތައް ބޮކްސް އޮފީހުގައި އެހާ ނުހިނގަ އެވެ. އެގޮތުން ކުރިން މުޅިން ވެސް ހިޓް ފިލްމުތަކުގައި ފެނުނު ޝާހުގެ ޖާދޫގައި މީހުން ޖެހޭ މިންވަރު ދަށްވެފައިވާއިރު އޭނާގެ އެންމެ ފަހުގެ ފިލްމު "ޒީރޯ" އަށް ވެސް އެހާ ބޮޑު ތަރުހީބެއް ނުލިބެ އެވެ.
އަނަންދު އެލް ރާއީ ޑައިރެކްޓު ކުރި "ޒީރޯ" މިދިޔަ ޑިސެމްބަރު މަހު ނެރުނުއިރު އެފިލްމުގައި ޝާހުއާއެކު ލީޑު ބަތާލާގެ ގޮތުގައި ފެނުނީ ކެޓްރީނާ ކައިފެވެ. ފިލްމު ނެރުނުތާ މިހާރު ހައެއްކަ މަސް ދުވެސްވެފައިވާއިރު މިހާތަށް އެއްވެސް ފިލްމެއްގައި މަސައްކަތް ކުރަން ޝާހު ސޮއެއް ނުކުރެ އެވެ.

ޝާހު ބުނީ، މިވަގުތު އެއްވެސް ފިލްމެއްގެ މަސައްކަތް އޭނާ ނުކުރާ ކަމަށެވެ. ކުރިން އެއް ފިލްމު ނިމޭއިރު އަނެއް ފިލްމުގެ މަސައްކަތް ކުރި ނަމަވެސް މިފަހަރު ބޭނުން ވަނީ ހަމަޖެހިލައިގެން ފިލްމެއްގެ މަސައްކަތް ކުރަން ކަމަށް ވެސް އޭނާ ބުނެ އެވެ.

އޭގެ އިތުރުން މިހާރު ހިތްހަމަޖެހިލުމަށްޓަކައި ބޭނުން ވަނީ ފިލްމު ބަލާލާއި ވާހަކަ ކިޔާ، އަދި އާއިލާއާއެކު ވަގުތު ހޭދަކޮށްލަން ކަމަށް ވެސް އޭނާ ބުނެއެވެ. ޝާހު ބުނީ، އޭނާގެ އެންމެ ދޮށީ ދަރިފުޅު ކިޔަވާ ނިމުމާ މިހާރު ގާތްވެފައިވާ ކަމަށާއި އަދި އަންހެން ދަރިފުޅު ވެސް މަތީ ތައުލީމު ހާސިލުކުރަން ކޮލެޖަށްދާ ކަމަށެެވެ. އެހެންވެ، ވީއެންމެ ގިނައިން އާއިލާއާއެކު ވަގުތު ހޭދަކުރަން ބޭނުންވާ ކަމަށް ޝާހު ފާހަގަކުރެ އެވެ.

"ޒީރޯ" އާއި "ފޭން" އަށް ބެލުންތެރިންގެ ތަރުހީބު ދަށް ނަމަވެސް ޝާހުގެ ބައެއް ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ކުޗް ކުޗް ހޯތާ ހޭ އާއި މޭއިން ހޫ ނާ އަދި ރާ ވަންގެ އިތުރުން ޖަބް ތަކްހޭ ޖާން އާއި ޑޯން އަދި ކަރަން އަރުޖުން ހިމެނެ އެވެ.
ހިޔާލު