Sushant aai Rhea ulhenee rahtehi vegentha?
image
ސުޝާންތު އާއި ރިއާ---
0 ކޮމެންޓް
 

ސުޝާންތު އާއި ރިއާ އުޅެނީ ރައްޓެހިވެގެންތަ؟

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތު އާއި އެކްޓަރެސް ރިއާ ޗަކްރަބޫޓީ އުޅެނީ ރައްޓެހިވެގެން ކަމަށް އަޑުތައް އަރައިފި އެވެ.
ރިއާ އާއި ސުޝާންތު ރައްޓެހިވެގެން އުޅޭ ކަމަށް އަޑުތައް އަރާފައި ވަނީ އެދެމީހުން ސޯޝަލް މީޑިއާގައި އެކަކު އަނެކެއްގެ ފޮޓޯތަކަށް ކޮމެންޓު ކުރުމުގެ އިތުރުން އެކުގައި ތަންތަނަށް ދަތުރު ކުރަމުން ދާތީ އެވެ.

View this post on Instagram

An ounce of innocence, a pinch of laughter. #ladakh

A post shared by Sushant Singh Rajput (@sushantsinghrajput) onސޯޝަލް މީޑިއާގައި އެދެ ފަންނާނުންގެ ގުޅުމާ މެދު މިހާރު ގިނަ ބައެއް ހިތުގައި ސުވާލު އުފެދިފައިވާއިރު އެކަމާ ގުޅިގެން ދެފަންނާނުން ވެސް އަދި މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ޓީވީ ސީރީޒްތަކުން މަގުބޫލުވި ސުޝާންތު ބޮލީވުޑަށް ތައާރަފުވީ ޕީކޭ އިންނެވެ. އަދި ބޮލީވުޑުގައި އޭނާ ވިދާލީ "އެމްއެސް ދޯނީ: ދަ އަންޓޯލްޑް ސްޓޯރީ" ގައި މަސައްކަތް ކޮށްގެންނެވެ. ސުޝާންތު އެންމެ ފަހުން ފެނިގެން ދިޔައީ 'ކެދާނަތު' އިންނެވެ. އެފިލްމުގައި ސުޝާންތު އާއެކު ފެނިގެން ދިޔައީ ސާރާ އަލީ ހާން އެވެ.

ރިއާ ބޮލީވުޑަށް ތައާރަފް ވީ "މެރެ ޑޭޑް ކި މަރޫތީ" އިންނެވެ. ރިއާ ވަނީ "ބޭންކް ޗޯރް" އާއި "ހާފް ގާލްފްރެއިންޑް" އަދި "ސޮނާލީ ކޭބަލް" ފަދަ ފިލްމުތަކުން ފެނިގެން ގޮސްފަ އެވެ. ރިއާ އެންމެ ފަހުން ފެނިގެން ދިޔައީ "ޖަލޭބީ" އިންނެވެ.
ހިޔާލު