Raalhu gudeega Male aumun maruhabaa dhennevee Raees
image
ރާޅުގުޑި ޙަރަކާތުގެ ބައިވެރިންނާ ރައީސް ސަލާމް ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
1 ކޮމެންޓް
 

އައްޑޫ އިން ތުރާކުނަށް ރާޅުގުޑީގައި ދަތުރު ކުރާ ޓީމުން މާލެ އައުމުން ރައީސް މަރުހަބާ ދަންނަވައިފި

ރާއްޖޭގެ ދެކުނުން އުތުރަށް ރާޅުގުޑީގައި ދަތުރު ކުރަމުންދާ ބައިވެރިންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހު ބައްދަލުކުރައްވައިފި އެވެ.
މިއަދު މާފުށިން މާލެއަށް ދަތުރުކުރި އެ ހަރަކާތުގެ ބައިވެރިންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ބައްދަލުކުރައްވާފައި ވަނީ އެ ޙަރަކާތް ކުރިއަށްދިޔަ ރަސްފަންނުގައެވެ.

އެ ޙަރަކާތް އިންތިޒާމް ކުރާ ފަރާތުން ބުނީ މިމަހުގެ 18 ވަނަ ދުވަހު މި ޙަރަކާތް ފެށުމަށް ތައްޔާރުވި ނަމަވެސް ދިމާވި ބައެއް ކަހަލަ ކަންތައްތަކާއި ގުޅިގެން އެދުވަހު އެ ޙަރަކާތް ނުފެށުނު ކަމަށެވެ.

"އަޅުގަނޑުމެންނަށް އައްޑޫ ކޮޅުން ވެސް ދުވަހެއް ދުވަހަކަށް ދިޔައީ ވައި ދަށްވަމުން. ދެން އަނެއްކާ އެހެން ތިބެފައި ވައި ހޯދަން ނައްޓާލީ އައްޑޫ އިން ފުވައްމުލަކަށް އެތަނުން ގއ. އަށް ގޮސް އަޅުގަނޑުމެންނަށް ވައި ލިބުނީ މ. އަތޮޅުން. އެހިސާބުން މާފުއްޓަށް މިދިޔައީ، މާފުށިން މާލެއަށް މިއެރީ،" އެފަރާތުން ހާމަކުރި އެވެ.

މާދަމާ ހެނދުނު އަނެއްކާ ވެސް ރާޅުގުޑި ބަންޔަންޓްރީ އަށް ދަތުރުކުރާނެ އެވެ. އޭގެފަހުން ކ. ގާފަރަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު އެ ޙަރަކާތަށް ގިނަ ބައެއްގެ ތަރުޙީބު ލިބެމުން އަންނަ ކަމަށް އިންތިޒާމް ކުރާ ފަރާތުން ބުނެއެވެ.

އެ ޙަރަކާތުގައި އެކި އުމުރު ފުރައިގެ ކުދިން ބައިވެރިވަމުން އަންނައިރު މިއަދު މާލެއަށް އައި ބައިވެރިންގެ ތެރޭގައި އުމުރުން 13 އަހަރުގެ ކުއްޖަކު ވެސް ހިމެނެ އެވެ.

ރާޅުގުޑި ކައިޓް ފެސްޓިވަލަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި ތިމާވެށީގެ މައްސަލަތައް އާންމުންނާއި ހަމައަށް ގެނެސް އެ މައްސަލަތަކަށް ޒުވާނުން ހޭލުންތެރިކުރުމަށް ކުޅިވަރާއެކު ކުރިއަށްގެންދާ ހަރަކާތެކެވެ.
ހިޔާލު

އަޒްލިފާ

ރައީސުކް ޖުމްހޫރިއްޔާވެސް ރާޅުގުޑިއެއްގައި އެލިގަނެގެންއޮވެ އިންޑިޔާއައް މޮދީއާއި ބައްދަލުކުރަން ދާންވީނޫންތޯ..؟