Gehllunu kuhjjaa ge mauloomaathu sarukaarun dhanee sirru kuramun: PNC
image
ގެއްލިގެން ހޯދަމުން އަންނަ ޝައިމް އަބްދުﷲ--
0 ކޮމެންޓް
 

ގެއްލުނު ކުއްޖާގެ މައުލޫމާތު ސަރުކާރުން ދަނީ ސިއްރުކުރަމުން: ޕީއެންސީ

ކުޑަކުދިންގެ ހިޔާ އިން ގެއްލިގެން ހޯދާ ކުއްޖާގެ މަޢުލޫމާތު ދައުލަތުން ސިއްރު ކުރަން އުޅޭ ކަމުގެ ތުހުމަތު އިދިކޮޅޮ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކޮށްފި އެވެ.
ކުޑަކުއްޖާ ގެއްލިގެން އުޅޭތާ ހަތް ދުވަސްވެފައިވާއިރު އެކުއްޖާ އަކީ ކުށުގެ ވެށިން ކުޑަކުދިންގެ ހިޔާއަށް ގެނައުމުން ފިލި ކުއްޖެއް ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ޕީއެންސީން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެކުއްޖާއާ ގުޅޭ ކަންކަން ފޮރުވަން މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެފަދަ ކަންކަން ހިނގަމުން ދަނީ ސަރުކާރުގެ އެއްވެސް ހަރުދަނާ ކަމެއް ނެތި ސަރުކާރުގެ ދޯދިޔާ ސިޔާސަތުތަކުގެ ސަބަބުން ކަމަށް ޕީއެންސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެކަމުގައި ޖެންޑަ މިނިސްޓްރީން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ވެސް ޕީއެންސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ. ހިޔާއަކީ ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓާ ތަނަކަށްވުމާއި އެކުދިންނަށް އެތަނަކީ ސަލާމަތްތެރި ރައްކާތެރި ތަނަކަށް ހެދުމާއި އެކުދިންގެ ކަންކަން އެންމެ ފުރިހަމަ އަށް ބެލެހެއްޓުމާއި އެކަންކަން އެންމެ ރަނގަޅަށް މޮނިޓަކޮށް ބެލެހެއްޓުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައި ވަނީ ޖެންޑަ މިނިސްޓްރީއާ ކަމަށް ވެސް ޕީއެންސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޕީއެންސީން ބުނީ އެކަމުގައި ފުރިހަމަ ތަހުގީގެއް ހިންގާ އިހުމާލުވެ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށެވެ. އެފަދަ ހާދިސާތައް ހިނގުމުން މި ސަރުކާރުން ރައްޔިތުންނަށް ކަންކަން ފޮރުވާ އޮޅުވާލުމަކީ ރައްޔިތުންނާ މެދު އިހާނެތިވުންކަން ޕީއެންސީން ވަނީ ފާހަގަކޮށްފަ އެވެ.

ހޯދަމުން އަންނަނީ އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ އެވެ. އެކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 09:29 ހާއިރެވެ.

ރޭ ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ޖުވެނައިލް ކޯޓުގެ އަމުރެއްގެ ފޮޓޯ އިން އެނގޭ ގޮތުގައި އެ ކުއްޖާ ގެއްލިފައި ވަނީ ކުޑަކުދިންގެ ހިޔާއިން ފިލުމުންނެވެ.

ޝައިމް ގެއްލުނީ ހިޔާއިން ކަން ހާމަވުމާއެކު ޖެންޑާ މިނިސްޓްރީން ބުނީ އެ ކުއްޖާ އަކީ ހިޔާގައި ދިރިއުޅޭ ކުއްޖެއް ނޫން ކަމަށާއި އެއީ ކުށުގެ ވެށިން ހިޔާއަށް ގެނެވުނު ކުއްޖެއް ކަމަށެވެ.
ހިޔާލު