Gellunu kudakujja ge mahsalagai furihama thahugeegeh hingumah PNC in govalaifi
image
ދައުލަތުގެ ބެލުމުގެ ދަށުގައިތިބި ބައެއް ކުދިންނާއިއެމު ޖެންޑަރ މިނިސްޓަރު: ފައިލް ފޮޓޯ
ސީއެންއެމް
1 ކޮމެންޓް
 

ގެއްލުނު ކުއްޖާގެ މައްސަލާގައި ފުރިހަމަ ތަހުގީގެއް ހިންގުމަށް ޕީއެންސީން ގޮވާލައިފި

ގެއްލުނު ފަހުން ފަސް ދުވަސް ވެފައިވާ ކުޑަކުއްޖާ ގެއްލުނު މައްސަލާގައި ފުރިހަމަ ތަހުގީގެއްކޮށް އިހުމާލުވެފައިވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ގޮވާލައިފި އެވެ.
ގެއްލިގެން ހޯދަމުންދަނީ އެސެސްމަންޓެއް ހެދުމަށް ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައި އަމާން ހިޔާގައި ހުއްޓާ ފިލި ކުއްޖެކެވެ. އެއީ އުމުރުން 14 އަހަރުގެ ކުއްޖެކެވެ.

ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެކުއްޖާ ގެއްލުނުތާ ފަސް ދުވަސް ވެފައިވާއިރު އެކުއްޖާއާއި ބެހޭ އެއްވެސް ހަބަރެއް ނުވާތީ ކަންބޮޑުވާ ކަމުގައެވެ. އަދި ކުއްޖާ ގެއްލުނު މައްސަލާގައި ސަރުކާރުން ކަންތައްތަކެއް ފޮރުވަން މަސައްކަތް ކޮށްފައިވާކަމަށްވެސް ޕީއެންސީން ބުނެއެވެ.

މިފަދަ ކަންކަން ހިނގަނީ ސަރުކާރުގެ އެއްވެސް ހަރުދަނާކަމެއް ނެތް ދޯދިޔާ ސިޔާސަތުތަކުގެ ސަބަބުން ކަމަށްވެސް އެޕާޓީން ބުނެއެވެ.

ޕީއެންސީން ބުނީ ކުޑަކުއްޖާ ގެއްލުނު މައްސަލާގައި ޖެންޑާ މިނިސްޓްރީން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމުގައެވެ.
ޕީއެންސީ
ހިޔާލު

ކިޔުންތެރި

މިވާގޮތަކީ ކުރީގެސަރުކާރުން ބަތާކައިގެން އުޅޭމީހުން މިސަރުކާރުގެ ވަޒީފާގައި އުޅޭތީ މިސަރުކާރު ބަދުނާމުކުރަން ކުރާކަންކަންމީ