Thinadhoo magistrate magaamun vakikuran majileehah fonuvaifi
image
މަގާމުން ވަކިކުރަން ނިންމާފައިވާ ތިނަދޫ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު.
0 ކޮމެންޓް
 

ބަދުއަހުލާގީ މައްސަލައަކާއި ގުޅިގެން ތިނަދޫ މެޖިސްޓްރޭޓް މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފާސްކޮށްފައިވާ ގޮތަށް ގދ. ތިނަދޫ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން، އެ ކޮމިޝަނުން މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަގާމުން ވަކި ކުރަން މަޖިލީހަށް ފޮނުވަން ނިންމީ މި މަހުގެ 12 ވަނަ ދުވަހު ބޭއްވި ޖޭއެސްސީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ. ޖޭއެސްސީންގެ އެ ނިންމުން މަޖިލީހަށް މިއަދު ފޮނުވި އިރު، އޭނާ ވަކި ކުރެވޭނީ މަޖިލީހުގެ ތަޅުމުން އެކަން ފާސްކޮށްގެންނެވެ.

ބަދުއަހުލާގީ މައްސަލައެއްގައި މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅި އިރު، މިއީ ޖޭއެސްސީގެ ތާރީހުގައި ފަނޑިޔާރަކު މަގާމުން ވަކި ކުރަން މަޖިލީހަށް ހުށަހަޅަން ނިންމި ފުރަތަމަ ފަހަރެވެ.

މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަގާމުން ވަކި ކުރަން މަޖިލީހަށް ހުށަހެޅުމަށް ފާސްކުރި ޖަލްސާ އަށް ފަހު އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާ ހަވާލުވެގެން ހުންނެވި ހަސަން ޒަހީން ވިދާޅުވީ، ޖޭއެސްސީން އެގޮތަށް ނިންމީ، އެ ކޮމިޝަނުގެ ގާނޫނުގައި ބުނާ ހުރިހާ ޕްރޮސީޖާއެއް ނިންމުމަށް ފަހު ކަމަށެވެ.
ހިޔާލު