Aasaaree thakethi feni Kothaafaru tharahqeekurun madu jahsuvaifi
image
ކޮތާފަރުން ފެނުނު އާސާރީ މަހާނައެއް-- ފޮޓޯ: އަޒޭ
މާއިދާ މުހައްމަދު ރަޝާދު
3 ކޮމެންޓް
 

އާސާރީ ތަކެތި ފެނުމުން ކޮތާފަރު ތަރައްގީކުރުން މަޑު ޖައްސުވައިފި

ރ. އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ، ކޮތާފަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ރިސޯޓު ތަރައްގީ ކުރުމަށް ދޫކޮށްފައިވާއިރު އެތަން ތަރައްގީ ކުރަމަށް ކޮނުމުގެ މަސައްކަތް ކުރަނިކޮށް އާސާރީ ގިނަ ތަކެތި ފެނިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީ ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވީ ކޮންނަމުން ދަނިކޮށް އެރަށުން އާސާރީ ގިނަ ތަކެތި ފެނިފައި ވާތީ އެކަން ކަލްޗަރަލް މިނިސްޓްރީގެ ސަމާލުކަމަށް ވެސް ގެނައި ކަމަށާއި އަދި މިހާރު އެރަށް ތަރައްގީ ކުރުމުގެ މަސައްކަތް މަޑު ޖައްސާލާފައިވާ ކަމަށެވެ.

"އެ ކޮންސާން ރެއިޒްވުމާއެކު އަޅުގަނޑުމެން ކުރަމުންދިޔަ މަސައްކަތް ވަގުތުން މަޑު ޖައްސާލަން މިނިސްޓްރީން އެންގިން، އަދި މިހެން އެންގޭ އެންގުންތަކުގަ އަޅުގަނޑުމެން އިންވެސްޓަރަށް ޔަގީންކަން ދެން ސަރުކާރުން ކަމެއް ރަނގަޅު ކުރުމަށްޓަކައި އެ މަޑުޖައްސަން އަންގާ އެންގުމެއްގަ އެހެން ގެއްލޭ ޕީރިއަޑް އަޅުގަނޑުމެން ދެން،" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ، އެތަނުން އާސާރީ ބައެއް ތަކެތި ފެނުމުގެ ނަތީޖާ އަކީ ކަލްޗަރަލް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ ޓީމެއް އެރަށަށް ގޮސް އިންސްޕެކްޓް ކުރުން ކަމަށެވެ. އެގޮތުން އިހުގައި ދިވެހިން ފެންވަރަން ބޭނުންކުރި ވެވާއި ވަރަށް ކުރީގެ މަހާނަތަކެއްގެ އިތުރުން އޭރު ރާއްޖޭގަ އޮތް ބުދު ދީނުގެ އެންމެ އިހުގެ އެއްބައި އެތަނުން ފެނިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެހެންވެ ކަލްޗަރަލް މިނިސްޓްރީ އާއި އިންވެސްޓަރާއެކު އިށީންދެ އެކަމަށް ހައްލެއް ވެސް މިހާރު ހޯދާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ކޮތާފަރު ތަރައްގީ ކުރާނީ އެތަން ހިމާޔަތްވާ ގޮތަށް ކަމަށާއި ހަލާކުކޮށްލާފައި ތަރައްގީ ކުރުމުގެ ހުއްދަ ނުދެވޭނެ ކަމަށެވެ.

"އެހެންވީމަ ޑިވެލޮޕިން ސްޓޭޖުގަ ފެނުނަސް އަޅުގަނޑުމެން ސަރުކާރުން ސިޔާސަތެއްގެ ގޮތުގަ އެކަށައަޅާނަން އެކަހަލަ ތަނެއް ހަލާުކުކޮށްލާފަ ކުރިއަށް ނުދެވޭނެ ގޮތަށް، އެއީ އަޅުގަނޑުމެންގެ ދިވެހިވަންތަކަން، އެ އަޅުގަނޑުމެން ނައްތާލައިފިއްޔާ މާދަމާ އަޅުގަނޑުމެންގެ އައިޑެންޓިޓީއެއް ނޯންނާނެ،" އަލީ ވަހީދު ވިދާޅުވި އެވެ.

އޭގެ އިތުރުން އަލީ ވަހީދު ވަނީ އާސާރީ ތަންތަން ހިމާޔަތް ނުވާނެ ގޮތަށް އެއްވެސް ތަނެއް ތަރައްގީ ނުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ، ގާނޫނީ ގޮތުން ހެދިފައިވާ ބައިންޑިން ކޮންޓްރެކްޓްތައް މަޑުޖައްސާލަންއަންގައިފި ނަމަ އެކަމަށް ސަރުކާރުން ހައްލެއް ހޯދައި ދެއްވާނެ ކަމަށާއި ރައީސް ސޯލިހުގެ ސަރުކާރުން އެއްވެސް މީހަކު މަގުމަތި ނުކުރާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ޑިސްޕިއުޓަކަށް ގޮސް ކޯޓު ބެޓްލްތަކަށް ދާން ޖެހޭނެ ކަމަކަށް ގައުމު ތަރައްގީ ކުރުމުގަ އެންމެންގެ ހެވާ ލާބައަށް ނިންމޭ ނިންމުންތަކުގަ، އަދި އަޅުގަނޑުމެން ވާނީ ލީސް ކުރެވިފައިވާ ފަރާތްތަކަށް ވެސް އެކަން ކޮމިއުނިކޭޓް ކޮށްފަ،" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވަނީ ތިމާވެއްޓާ ބެހޭ އެއްވެސް ކަމެއްގައި ސަރުކާރުން ޗާންސެއް ނުނަނަގާނެ ކަމަށާއި ގާނޫނީ ގޮތުން ބައިންޑިން ކޮންޓްރެކްޓެއް އޮތް ނަމަ އެ ކޮންޓްރެކްޓުގައި ދައްކަން އޮންނަ އަގު ސަރުކާރުން ދައްކާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ތިމާވެއްޓަށް ގެއްލުން ވާނެ ގޮތަށް ތަރައްގީ ނުކުރާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
ހިޔާލު

ސޮރު

ތި ފެނުނު ބޮޑު ބުދު ކޮންމެ ގޮތެއް ހަދާފަ ވެސް ހިމާޔަތް ކުރަން ޖެހޭނެ... އެއީ މި ސަރުކާރުގެ މައި ސިޔާސަތަކީ.. އެވާނީ ހިންދޫ ކޮންމެސް ކަލާންގެ އަކަށް

ޜީސް

އަލީ ބެސްޓް

ބުދު

ޢާސާރީ ތަންތަނުގެ ގޮތުގައި ބުދު ހިމާޔަތް ކުރުމަކީ ދިވެހީންގެ ދިވެހި ވަންތަ ކަން ހާމަވާ ކަމަކީ ތޯ؟ މާތްރަސްކަލާންގެ އަށް ޝަރީކުކުރުމަށް ބޭނުން ކުރި އެއްވެސް އެއްޗަކީ އާސާރީ އެެއްޗިސެެއްނޫން. ވަގުތުން ތިޔަ އެއްޗެއްސާ ދަޜުއްލް އާސާރު ގައި ހުރި ބުދު ތައް ވެސް ނަތްތާލަން ގޮވާލަން.