MNDF ge thamreen Rannamaari Hunt 2019 kuriyah dhanee
image
ރަންނަމާރި ހަންޓް 2019 ގެ ތެރެއިން-- ފޮޓޯ: އެމްއެންޑީއެފް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އެމްއެންޑީއެފްގެ ތަމްރީން "ރަންނަމާރި ހަންޓް 2019" ކުރިއަށް ދަނީ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކޮންމެ އަހަރަކު ވެސް ބާއްވާ އަސްކަރީ ތަމްރީން "އެކްސަސައިޒް ރަންނަމާރި ހަންޓް" ފެށިގެން ކުރިއަށް އެބަދެ އެވެ.
"އެކްސަސައިޒް ރަންނަމާރީ ހަންޓް 2019" އިއްޔެ ފަށާއިފައިވާއިރު އެ ތަމްރީން ފަސް ދުވަހުގެ މުއްދަތަށް ކުރިޔަށް ދާނެ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

އެ ތަމްރީންގައި ސިފައިން ހަރަކާތްތެރިވަމުންދާއިރު، ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާ ތަކެތި ދަނީ ބޭނުން ކުރަމުންނެވެ. އަދި އެއްގަމާއި ކަނޑުގައި ވެސް ސިފައިން ދަނީ ހަރަކާތްތެރި ވަމުންނެވެ.

"އެކްސަސައިޒް ރަންނަމާރީ ހަންޓް" މިއަހަރު ކުރިޔަށް ގެންދަނީ މައިގަނޑު ގޮތެއްގައި ރާއްޖޭގެ ދެ ސަރަހައްދެއް ގައެވެ. އެއީ ނޮދަން އޭރިޔާ އަދި މާލެ އޭރިޔާ އެވެ.

ނޮދަން އޭރިޔާ ގައި ސިފައިން ހަރަކާތްތެރިވަމުން ދަނީ ޅ. އަދި ރ. އަތޮޅުގަ އެވެ. މާލޭ އޭރިޔާގައި ތަމްރީން ކުރިޔަށް ދަނީ މާލެ، ހުޅުމާލެ، ވިލިމާލެ، ހުޅުލެ އަދި ތިލަފުށީގަ އެވެ.
ސިފައިން
ހިޔާލު