Dharumavantha Hospital elhee health ministry aa mashvaraa nukoh!
image
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން-- ފޮޓޯ: ހެލްތު މިނިސްޓްރީ
މާއިދާ މުހައްމަދު ރަޝާދު
3 ކޮމެންޓް
 

ދަރުމަވަންތަ ހޮސްޕިޓަލް އެޅީ ހެލްތު މިނިސްޓްރީއާ މަޝްވަރާ ނުކޮށް!

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ބަޔެއްގެ ގޮތުގައި އިމާރާތް ކުރި ދަރުމަވަންތަ ހޮސްޕިޓަލް ތަރައްގީ ކުރީ އެއްވެސް ވަރަކަށް ހެލްތު މިނިސްޓްރީއާ މަޝްވަރާ ކުރުމެއް ނެތިކަން ހާމަވެއްޖެ އެވެ.
މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީއަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ދެއްވި މައުލޫމާތުން އެނގުނު ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރިއިރު އެ މިނިސްޓްރީއާ މަޝްވަރާ ނުކުރާކަން ހާމަވި އެވެ.

އަމީން ވިދާޅުވީ އެކަން އެގޮތަށް ދިމާވީ ކީއްވެގެންތޯ މިހާރު ބަލަމުން އަންނަ ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލަކީ ހައްލެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ އެތަނުގެ ޕޭޝަންޓް ކެޕޭސިޓީ އައިޖީއެމްއެޗަށް ވުރެ ދަށް ކަން ހާމަކުރެއްވި އެވެ.

ދުވާލެއްގެ މައްޗަށް އައިޖީއެމްއެޗަށް 4000 އަށް ވުރެ ގިނަ މީހުން ޑޮކްޓަށް ދެއްކުމަށް ޒިޔާރާތް ކުރި ނަމަވެސް ދަރުމަވަންތަ ހޮސްޕިޓަލުގައި އެވަރަށް ކެޕޭސިޓީ ނެތް ކަމަށް އަމީން ވިދާޅުވި އެވެ.

އޭގެ އިތުރުން ސިއްހީ ދާއިރާ އަށް ބޭނުންވާ ތަކެތި ހޯދުމަށް ބިޑަކާ ނުލާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާ ހަވާލުކުރުމާ މެދު މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އެކަމާ ގުޅިގެން އަމީން ވިދާޅުވީ 2014 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ސިއްހީ ދާއިރާ އަށް ބޭނުންވާ މެޑިކަލް ކޮންޒިއުމަބްލްސް ނުވަތަ ވަސީލަތްތައް އެސްޓީއޯ މެދުވެރިކޮށް ގަތުމަށް އެއްބަސްވުމެއް ހެދި ކަމަށެވެ.

އެކަމަކު ބިޑްކުރުމުގެ ކަންކަން ރަނގަޅުކޮށް އެކަމާއި ގުޅޭ އުސޫލެއް އަދި އެކުލަވާ ނުލާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހިޔާލު

އަހުމަދު

ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވީމާދޯ އިގޭނީ ދުވާލަކު އެތަނަށް ހިދުމަތް ހީދަން އަންނަވަރު އަމީން ބީގޯސް ވާހަކަ ނުދައްކާ މުޅި ދުނިޔޭގައިވެސް އެދަފަ ފެންވަރު ހޮސްޕިޓަލެއް ނުހުންނާނެ

ޙުސެން

އޭރު އަމީން ހުންނެވީ ކޮންތާނކު ތޯއެވެ؟

މުދިންބެ

އެއީ އައި.ޖީ.އެމް އުވާލަން ހެދި ތަނެއްބާ؟ މިނިސްޓަރުގެ ބަހުން ދޭހަވަނީއެހެން. ހަމައެކަނި ދަރުމަވަންތަ ހޮސްޕިޓަލް އެކަނި ހިންގަން ހެދި އިމާރާތެއްހެން! ބަލަގަ ދެތަންގުޅާލައިގެން ހަދާފަ އެހުރީ ތަނުގެ ދަތިކަންހައްލުކުރާކަށްނޫންތަ؟