Manadhoo adhi Ungoofaaru hospital ge masakkaiy thakeh havaalu koffi
image
ހެލްތު މިނިސްޓްރީ ގައި މިއަދު އޮތް ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ހެލްތު މިނިސްޓްރީ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

މަނަދޫ އަދި އުނގޫފާރު ހޮސްޕިޓަލުގެ މަސައްކަތްތަކެއް ހަވާލުކޮށްފި

ނ. މަނަދޫ އާއި ރ. އުނގޫފާރު ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތް ފަރުމާ ކުރުމަށް ދެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
މިއަދު ހެލްތު މިނިސްޓްރީ ގައި އޮތް ރަސްމިއްޔާތެއްގައި ނ. މަނަދޫ ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތް ފަރުމާކޮށް، ބިލް އޮފް ކުއެންޓިޓީ (ބީއޯކިއު) ހެދުމަށާއި، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތް ޑިޒައިން ކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.

މަނަދޫ ހޮސްޕިޓަލުގެ އިމާރާތް ފަރުމާކޮށް ބީއޯކިއު ހެދުމަށް ހަވާލުކޮށްފައިވަނީ 106،000 ރުފިޔާ އަށް އެޕޮކް އެސޯސިއޭޓްސް އާއެވެ. އެ މަޝްރޫއު ނިންމުމަށް ދީފައިވާ މުއްދަތަކީ 35 ދުވަހެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތް ފަރުމާ ކުރުމަށް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށެވެ. އެ މަޝްރޫއު ހަވާލު ކޮށްފައި ވަނީ 28 ދުވަހުގެ ތެރޭ މަސައްކަތް ނިންމާ ގޮތަށް 176،244 ރުފިޔާ އަށެވެ.

އެއްބަސްވުން ތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީޕް އޮޕަރޭޓިން އޮފިސަ ޝާހިދު ހުސައިން މޫސާ އެވެ. އިޕޮކް އެސޯސިއޭޓްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާވިޔަތު އަބްދުއް ސައްތާރެވެ.

ހެލްތު މިނިސްޓްރީން ވަނީ އިއްޔެ ވެސް ނ. ވެލިދޫ އާއި ރ. އަލިފުށީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް އަޅަން ޖެހޭ އިމާރަތް ފަރުމާކޮށް ތައްޔާރު ކުރުމަށް މަޝްރޫއު ހަވާލުކޮށްފަ އެވެ.
ހިޔާލު