School kudhinnah jinsee goanaa kuri teacher ge bandhah 10 dhuvas
image
2 ކޮމެންޓް
 

ސްކޫލު ކުދިންނަށް ޖިންސީ ގޯނާ ކުރި ޓީޗަރުގެ ބަންދަށް 10 ދުވަސް

ރާއްޖޭގެ ރަށެއްގައި ފިރިހެން ޓީޗަރަކު އެ ރަށުގެ ސްކޫލު ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބެލެވޭ މައްސަލައަކާ ގުޅިގެން އޭނާގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.
ކޯޓު އަމުރެއްގެ ދަށުން މިއަދު އޭނާ ހައްޔަރުކުރިއިރު ފުލުހުން ބުނީ، އުމުރުން 46 އަހަރުގެ އެމީހާ ސްކޫލު ކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލާގައި މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ މެދު ރާއްޖެ ތެރޭގެ ރަށެއްގެ ސްކޫލެއްގެ ލީޑިން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އޭނާ ޖިންސީ ގޯނާ ކުރަމުންދާ ކަމަށް ތުހުމަތު ކުރެވެނީ އެ ސްކޫލުގައި ކިޔަވާ އަންހެން އަދި ފިރިހެން ދަރިވަރުން ވެސް ހިމެނޭ ގޮތަށް ކަމަށެވެ.

އެ މައްސަލަ ފުލުހުން ވަނީ އިއްޔެ އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް ހުށަހަޅާފައެވެ. ފުލުހުން ބުނީ އެކަން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ހިޔާލު

އަންދާޒު

އަނެއްކާ އެމްޑީޕީއަށް ސޮއިކޮށްލީމަ ދޫކޮށްލާނީނޫންބާ؟

ޢަލީ

ކޮން ރަށެއް؟