Agu bodukoh Tamannaah ves apartment eh ganefi
image
ތަމަންނާ--
0 ކޮމެންޓް
 

އަގު ބޮޑުކޮށް ތަމަންނާ ވެސް އެޕާޓްމަންޓެއް ގަނެފި

އިންޑިއާގެ ކާމިޔާބު ފިލްމު "ބަހޫބާލީ" ގެ ލީޑު ބަތަލާ ތަމަންނާ ބަޓިއާ މުމްބާއީ އިން އެޕާޓްމަންޓެއް ގަނެފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުން ތަމަންނާ އެ އެޕާޓްމަންޓު ގަނެފައި ވަނީ އެތަން ވިއްކަން އޮތް އަގުގެ ދެ ގުނަ އަށެވެ. އުމުރުން 29 އަހަރުގެ ތަމަންނާ ގަތް އެ އެޕާޓްމަންޓު ގަތީ އަކަ ފޫޓަކަށް 80778 ރުޕީސްގެ މަގުންނެވެ.

އެ އެޕާޓްމަންޓް ގަތުމަށް މިދިޔަ މަހު އޭނާ އެގްރިމެންޓުގައި ސޮއި ކޮށްފައިވާ ކަމަށް ވެސް ވެއެވެ. "ވޭވިއު" ނަމަކަށް ކިޔާ އެ އިމާރާތުގައި 22 ފަންގިފިލާ ހުރެއެވެ. އެގޮތުން ތަމަންނާ ގަނެފައި ވަނީ އެތަނުގެ 14 ވަނަ ފަންގިފިލާ ކަމަށް ވެއެވެ.

މިހާރު ތަމަންނާ އޭނާ މައިންބަފައިންނާއެކު ދިރިއުޅެމުން އަންނަނީ އަންދޭރީގަ އެވެ. އެގޮތުން ވަރަށް އަވަހަށް އެމީހުން އަލަށް ގަތް އިމާރާތަށް ބަދަލުވާނެ ކަމުގެ އަޑުތައް ގަދަވެފައިވާއިރު އެ އެޕާޓްމަންޓުގެ އިންޓީރިއާ ޑިސައިނަށް ވެސް އޭނާ ދެ ކްރޯޑު ރުޕީސް ހަރަދުކުރަން ނިންމާފައިވާ ކަމަށް ވެއެވެ.

އާންމުންގެ މެދުގައި ތަމަންނާ މަގްބޫލުކަން ހޯދީ ތަމަޅަ އަދި ތެލޫގޫ ފިލްމުތަކުގައި މަަސައްކަތް ކޮށްގެންނެވެ. ފިލްމީ ދާއިރާގައި އޭނާ މަސައްކަތް ކުރާތާ މިހާރު 15 އަހަރުވެފައިވާއިރު އޭނާ ވަނީ 45 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތް ކޮށްފަ އެވެ.
ހިޔާލު