Dhaulathah 2.7 million dollar dhekkumah 3A ge mahcha hukum koffi
image
ޖަސްޓިސް ބިލްޑިން--
0 ކޮމެންޓް
 

ދައުލަތަށް 2.7 މިލިއަން ޑޮލަރު ދެއްކުމަށް ތްރީއޭގެ މައްޗަށް ހުކުމްކޮށްފި

ދައުލަތަށް 2.7 މިލިއަން ޑޮލަރު ދެއްކުމަށް ތްރީއޭ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. އެއީ ގާތްގަނޑަކަށް 42 މިލިއަނަށްވުރެ ގިނަ ރުފިޔާ އެވެ.
ސިވިލް ކޯޓުން އެގޮތަށް ހުކުމް ކުރީ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް ކަމަށްވާ ޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި ތްރީއޭ ޓްރޭޑިން އިން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ސިވިލް ކޯޓުގައި ދައުވާ ކުރުމުންނެވެ.

ސިވިލް ކޯޓުން މި ހުކުމް ކޮށްފައިވަނީ ވަކިވަކިންނެވެ. އެގޮތުން ޖީއެސްޓީ އަށް ވަކިން އަދި ގްރީން ޓެކްސް އަށް ވަކިން މި ހުކުމް ސިވިލް ކޯޓުން ކުރިއެވެ. ޖީއެސްޓީ ނުދައްކައިގެން ކުރި ހުކުމްގައި ބުނެފައިވަނީ 1.8 މިލިއަން ޑޮލަރު ދަޢުލަތަށް ދައްކަން ހުކުމް ކުރާ ކަމަށެވެ. އަދި 950،000 ޑޮލަރު ގްރީން ޓެކްސްގެ ގޮތުގައި ދެއްކުމަށް ހުކުމް ކުރާ ކަމަށް ވެސް ސިވިލް ކޯޓުން ބުނެއެވެ. އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ތްރީއޭ ކުންފުންޏަށް ދީފައިވަނީ މިއަދުން ފެށިގެން ފަސް މަސް ދުވަހުގެ މުއްދަތެވެ.

މީގެ ކުރިން ވެސް ދައުލަތަށް ލިބެން ޖެހޭ ފައިސާތަކެއް ހޯދަން މީރާއިން ދައުވާކުރި އެވެ. އެއީ ލީސް ރެންޓާއި ލޭންޑް ރެންޓްގެ ގޮތުގައި ތިން މިލިއަން ޑޮލަރު ހޯދަން ކުރި ދައުވާއެކެވެ. ނަމަވެސް ސިވިލް ކޯޓުން އެ މައްސަލަ ބޭރުކޮށްލީ މީރާއިން އެ މައްސަލާގައި ހާޒިރުނުވުމުންނެވެ.
މީރާ ސިވިލް ކޯޓު
ހިޔާލު