Ruhgas kandan hudhdha dhenee zarooree beynunthakah ekani: EPA
image
ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީއަށް މިއަދު، އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމް އަދި އީޕީއޭގެ އިސްވެރިން ހާޒިރު ކުރައްވާ ބޭއްވި ބައްދަލުވުމުގެ ތެރެއިން --
0 ކޮމެންޓް
 

ރުއްގަސް ކަނޑަން ހުއްދަދެނީ ޒަރޫރީ ބޭނުންތަކަށް އެކަނި: އީޕީއޭ

ރުއްގަސް ކަނޑަށް ނުވަތަ ބޭރުކުރުމަށް ހުއްދަ ދެނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށް އެކަނި ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.
އީޕީއޭއިން އެގޮތަށް ހާމަކުރީ، ރުއްގަސް ނެގުމުގެ ޝަކުވާ ބޮޑުވެ، އެކަންތައް ހިނގާގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީއަށް މިއަދު، އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމް އަދި އީޕީއޭގެ އިސްވެރިން ހާޒިރު ކުރެއްވުމުން، މެމްބަރުން ކުރެއްވި ސުވާލުތަކާއި ގުޅިގެންނެވެ.

ނައީމު ވިދާޅުވީ ޒަރޫރީ ބޭނުންތަކުގެ ގޮތުގައި މައިގަނޑު ގޮތެއްގައި ބަލަނީ މިސާލަކަށް މީހުން ދިރިއުޅޭ ސަރަހައްދެއްގެ މަގެއް ހެދުން، ނުވަތަ މީހުން އުޅޭ ސަރަހައްދެއްގަ މިސްކިތެއް އެޅުން، ނޫނީ ފުޓްބޯޅަ ދަނޑެއް ކަަހަލަ ތަނެއް އެޅުން ފަދަ ކަމެއް ކުރުމަށެވެ.

ނައީމް ވިދާޅުވީ އެފަދަ ތަންތަން ހަދަން ކައުންސިލުން ނިންމިޔަސް އެތަންތަނުން ރުއްގަސް ކަނޑަށް ހުއްދަ ދެނީ ވަރަށް ގިނަ ކަންތައްތަކަށް ބެލުމަށްފަހު ކަމަށެވެ. އެގޮތުން، އެ ތަނަކީ ރަށުގެ ލޭންޑްޔޫސް ޕްލޭންގައި "އެޕްރޫވަލް" ލިބިގެން އަދި އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހިފައި ހުރިތޯ ވެސް ބަލަންޖެހޭ ކަމަށެވެ.

ނައީމު ވިދާޅުވީ ރުއްގަސް ނެގުމަށް މިއަހަރު ހުއްދައަށް އެދުނު 27 ފަރާތަކަށް ހުއްދަ ނުދޭން ނިންމިއިރު، 10 ފަރާތަކަށް ރުގަސް ނެގުމުގެ ހުއްދަ ދީފައިވާނެ ކަމަށެވެ.

މީގެ އިތުރުން ނައީމު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން، އީޕީއޭއަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވާފައިވާ ކަމަށެވެ. އެގޮތުން އީޕީއޭގެ ބާރުތައްވެސް ނަގާފައިވާ ކަމަށެވެ.

ނައީމު ވިދާޅުވީ، އީޕީއޭގެ ބާރުތައް މިނިސްޓްރީގެ ދަށަށް ސަރުކާރުން ބަދަލުކުރީ އީޕީއޭއިން ސިޔާސީ ނުފޫޒަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން ކަމަށެވެ. އެގޮތުން، އީޕީއޭ އިން ނުފޫޒެއްގެ މައްޗަށް ކަމެއް ނިންމާފައި ނުވާނެ ކަމަށް ވެސް ނައީމް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުން ވަނީ އީޕީއޭއަށް ލިބިފައިވާ ބައެއް ބާރުތައް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށް، ތިމާވެއްޓަށް ބެލުމަށް ނެތި ރާއްޖޭގެ ގިނަ ފަޅުތަކެއް ހިއްކާފަ އެވެ. އެކަން ފާލުން ނެއްޓުނީ އަމަލު ކުރަމުންދިޔަ އުސޫލަށް ބަދަލު ގެނައުމުން ކަމަށް ވެސް ނައީމް ވިދާޅުވި އެވެ.
ހިޔާލު