Actor Yash ge dharifulhah nan kiyaifi
image
ޔަޝް އާއި އޭނާގެ އަންހެނުން އަދި ދަރިފުޅު--
0 ކޮމެންޓް
 

އެކްޓަރު ޔަޝްގެ ދަރިފުޅަށް ނަން ކިޔައިފި

ކަނަންޑާގެ މަޝްހޫރު އެކްޓަރު ނަވީން ކުމާރު، އާއްމު ނަމުން ނަމަ ޔަޝްގެ ދަރިފުޅަށް ނަން ކިޔައިފި އެވެ.
ޔަޝް އަށާއި އޭނާގެ އަންހެނުން އަދި ކުރީގެ އެކްޓަރެސް ރާދިކާ ޕަންޑިތަށް ކުއްޖަކު ލިބިފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގަ އެވެ. ދަރިފުޅަށް ކިޔާނެ ނަން އޭރުއްސުރެ ޔަޝް ސިއްރުކޮށްފައިވާއިރު ދަރިފުޅަށް ކިޔާ ނަން އޭނާ ހާމަކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ދަރިފުޅުގެ ނަން އޭނާ ހާމަކޮށްފައިވާއިރު ދަރިފުޅަށް ކިޔަނީ "އައިރާ" އެވެ.


ޔަޝް އާއި ރާދިކާ ފުރަތަމަ ދިމާވީ ޓީވީ ޝޯ 'ނަންޑަގޮކުލް' އިންނެވެ. ދެމީހުން ކައިވެނިކޮށްފައި ވަނީ ހަ އަހަރު ލޯބީގެ ގޮތުން އުޅެ 2016 ވަނަ އަހަރެވެ.

އުމުރުން 32 އަހަރުގެ ޔަޝް އާއި 34 އަހަރުގެ ރާދިކާ އެކުގައި ހަތަރު ފިލްމެއްގައި މަސައްކަތް ކޮށްފައިވެ އެވެ. ޔަޝް ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި ސަންތު ސްޓްރައިޓް ފޯވާޑް، ގޫގްލީ، ރާޖާ ހުލީ އަދި މާސްޓާ ޕީސް ހިމެނެ އެވެ.
ހިޔާލު