Raajjeyge enme dhekunah moosun goasve white alert nerefi
image
މޫސުން ގޯސް ދުވަހެއް-- ފޮޓޯ: ކުމުންދޫ.ކޮމް
0 ކޮމެންޓް
 

ރާއްޖޭގެ އެންމެ ދެކުނަށް މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ އެންމެ ދެކުނަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފައި ވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 7:50 އިން މެންދުރު 1:00 އަށެވެ.

މެޓުން ބުނީ، ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ.

އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓުން ބުނެ އެވެ.

މެޓުން ބުނެފައި ވަނީ ރާއްޖޭގެ ދެކުނުގެ ކަނޑުތައް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް ވެސް ގަދަވާނެތީ އުތުރާއި މެދުތެރޭގައި ކަނޑުދަތުރު މީހުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކުރެ އެވެ.
މޫސުން މެޓް ރާއްޖެ
ހިޔާލު