Lanka hamalaa ga 176 kudhin yatheemuvi
image
ލަންކާ ހަމަލާ އަށް ފަހު ބޭއްވި ހަރަކާތެއްގެ ތެރެއިން-- ފޮޓޯ: އޭޕީ
ފާތިމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ލަންކާ ހަމަލާގައި 176 ކުދިން ޔަތީމުވި

މިދިޔަ އޭޕްރިލް މަހު ސްރީ ލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކުގައި 176 ކުދިންގެ މައިންބަފައިން މަރުވެފައިވާ ކަމަށް އެގައުމުގެ އެންމެ ބޮޑު ނަސާރާ ފާރިދީ ބުނެފި އެވެ.
މެލްކަމް ރަންޖީތު މިހާރު ރޯމަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ޓީވީއަކަށް ދިން އިންޓަވިއު އެއްގައި ބުނީ އޭނާ ދެން މަސައްކަތް ކުރާނީ ޔަތީމުވި ކުދިންނަށް އެހީވާން ކަމަށެވެ.

"އޭޕްރިލް 21 ގައި ދިން މި ހަމަލާގައި 176 ކުދިންގެ މައިންބަފައިން މަރުވެ 300 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ. ފައްޅިތަކުގެ އަމާޒަކީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވެ އެމީހުންގެ ދިރިއުޅުން އާންމު ހާލަތަކަށް ގެނައުން. މި ހަމަލާތަކުގައި ގެއްލުން ލިބިފައިވާ ފައްޅިތައް މަރާމާތު ކުރުމަށް ސަރުކާރުން ނިންމާފައި ވާތީ ފައްޅިތަކުން އެކަމަކަށް އަމާޒެއް ނުކުރަން،" އޭނާ ބުނެފައި ވެއެވެ.

ޕޯޕް ފްރާންސިސް އާއެކު މެލްކަމް ބޭއްވި ބައްދަލުވުމުގައި ވަނީ ހަމަލާގައި ހިނގި ކަންތައްތަކާ އަނިޔާ ލިބުން އާއިލާތަކަށް ފައްޅިތަކުން ވަމުންދާ އެހީތައް ހިއްސާކޮށްފަ އެވެ.
ހިޔާލު