Addu hospital ah beynunvaa MRI machine genesfi
image
އައްޑޫގެ އާ ހޮސްޕިޓަލަށް ގެނައި އެމްއާރުއައި މެޝިން ފްލައިޓުން ބާލަނީ-- ފޮޓޯ: ސޯޝަލް މީޑިއާ
ފައުޒާ މުހައްމަދު
2 ކޮމެންޓް
 

އައްޑޫ ޓާޝަރީ ހޮސްޕިޓަލަށް ބޭނުންވާ އެމްއާރްއައި މެޝިން ގެނެސްފި

އައްޑޫގެ އާ ހޮސްޕިޓަލަށް ބޭނުންވާ އެމްއާރްއައި މެޝިނެއް ގެނެސްފި އެވެ.
ރޭ ފަތިހު އައްޑޫ އަށް އެ މެޝިން ގެންގޮސްފައި ވަނީ ޗާޓަރުކޮށްގެން ގެނައި މެކްސިމަސްގެ ބިޔަ ކާގޯ ފްލައިޓަކުންނެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ބުނީ އާ ހޮސްޕިޓަލަށް ގެނައި އެމްއާރްއައި މެޝިން ވަރަށް އަވަހަށް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

އޭގެ އިތުރުން އާ ހޮސްޕިޓަލުން ހިދުމަތް ދޭން އޮގަސްޓު މަހު ތެރޭގައި ފަށާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށާއި އާ ހޮސްޕިޓަލް ހުޅުވުމާއެކު ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ލިބިގެން ދާނެ ކަމަށް ވެސް އެޗްއާރްއެޗް އިން ވަނީ ބުނެފަ އެވެ.

އައްޑޫގައި ހިންގަން އުޅޭ އާ ހޮސްޕިޓަލަކީ އައްޑޫގައި 17 ވަނަ ސާކް ސަމިޓް ބާއްވަން އިމާރާތް ކުރި އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގެ އިމާރާތުގައި އަޅާ ހޮސްޕިޓަލެކެވެ.

އެގޮތުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ 2016 ވަނަ އަހަރު އެ އިމާރާތް ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް އެލިއާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފަ އެވެ. އެކުންފުންޏާ އެ މަސައްކަތް ހަވާލު ކުރީ 161.8 މިލިއަން ރުފިޔާ އަށެވެ.

އައްޑޫގައި ހުޅުވަން ތައްޔާރުވަމުން އަންނަ އާ ހޮސްޕިޓަލަކީ 100 އެނދުގެ ހޮސްޕިޓަލެކެވެ.
ހިޔާލު

އެދުރުބެ

ރައީސް ޔާމީންގެ ޚިދުމަތް ތަފާތު ދައްކާނެ. އެމްޑީޕީ އަށް މެޖޮރިޓީ ލިބިގެން ވީކަމެއް ކޮބާ؟

ސަލީމް

ޝުކުރިއްޔާ ރައީސް ޔާމީން