Raajjeyge aabaadheege 40 percent saafu vain mahroom vefa!
image
މާލޭގެ މަގެއް-- ފޮޓޯ: ރާއްޖެ އެމްވީ
ރައްޔާން މުހައްމަދު
2 ކޮމެންޓް
 

ރާއްޖޭގެ އާބާދީގެ 40 އިންސައްތަ ސާފުވައިން މަހުރޫމުވެފައި!

ރާއްޖެ އަކީ ދުނިޔޭގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު ހިތްފަސޭހަކަމާ ހިތްގައިމުކަން ބޮޑު ގައުމެކެވެ. ބޭރު މީހުން ރާއްޖެ ދެކެނީ ބިންމަތީގައިވާ ސުވަރުގެއެއް ފަދައިންނެވެ. ރާއްޖޭގެ އުތުރުން ދެކުނަށް ހާރެއްގެ މިނާތަކެއް ފަދައިން ފެތުރިފައިވާ ކުދި ކުދި ރަށްތަކަކީ ހަމަގައިމުވެސް ދެވަނައެއް ނެތް ފަދަ ތަންތަނެވެ. ރަށްރަށުގެ ގޮނޑުދޮށުގައި، ހިމުން ވެލި ގަނޑު މަތީ ހުއްޓިލައިގެން ފިނި ވައިރޯޅި ތަކުގެ މިއުޒިކީ ރާގަށް، ގަސްތަކުގެ ފަތްތަށް ނަށާތަން ބަލާލުމަށާއި، ކަނޑުން ފޮނުވާ ރާޅުތަކުގެ ގުދުރަތީ ޅެންބައިތުތައް އަޑު އަހާލަން ހުންނަ ވަގުތު ހިތަށް އެލިބޭ ފިނިކަމަކީ އަކުރާ ފިލިން، ބަހުގެ ފިހިން ކުލަކޮށްދޭން ދަތި މަންޒަރެކެވެ.
އެކަމަކު ހިތާމައަކީ ދިވެހިންގެ އާބާދީގެ ބޮޑު އިންސައްތައެއްގެ ހަޔާތް ވޭތުކުރަމުން ދަނީ ގުދުރަތުގެ މި ނިއުމަތްތަކުން މަހުރޫމް ވެގެން ކަމަށް ވާތީ އެވެ. އާބާދީގައި ހަތަރު ލައްކައެއްހާ މީހުން އުޅޭ އިރު، އޭގެ ތެރެއިން 40 އިންސައްތަ ދިވެހިން އުޅެނީ ރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމުގައިވާ މާލޭގަ އެވެ. މާލޭގައި 150،000 އަށް ވުރެ ގިނަ ދިވެހިން ދިރިއުޅެމުންދާއިރު މާލޭގެ މަގުތަކުގައި 70،000 އަށް ވުރެ ގިނަ އުޅަނދު ދަތުރުކުރެ އެވެ. އެއީ މާލޭގައި އުޅޭ ދިވެހިންގެ އަދަދަށް ބަލައިފިނަމަ ގާތްގަނޑަކަށް ކޮންމެ ދެމީހަކަށް އުޅަނދެކެވެ. އަދި އަހަރަކަށް ވުރެ އަހަރެއް އުޅަނދުތައް ދަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް ގިނަވަމުންނެވެ.

ރާއްޖޭގެ ގުދުރަތީ ރީތިކަން ފެނިގެންދާ އެހެން ރަށްރަށާއި ޚިލާފަށް، ވެރިކަން ކުރާރަށް މިވަނީ ވަރަށް ބޮޑަށް ތޮއްޖެހިފަ އެވެ. މީހުންނާ އެއް ވަރަށް އެކި ބާވަތްތަކުގެ އުޅަނދު ވެސް މިއަދު މިވަނީ ތޮއްޖެހި، ފިތި ބާރުވެފަ އެވެ. އެކަން ހާމަވެގެން ދަނީ މާލޭގެ މަގަކަށް ނިކުމެލުމުންނެވެ. ހަނިހަނި ގޯޅިތަކާއި ފުޅާ މަގުތަކުން ވެސް ފެންނަނީ އެކަތި އަނެއްކެއްޗާއި ޖެހޭ ނުޖެހޭ ހިސާބަށް އުޅަނދުތައް ފުނިޖެހި، ކުރިޔަށް ނުދެވިގެން އުޅޭ މަންޒަރެވެ. އިވެނީ ދުއްވަން ތިބޭ މީހުންގެ ކެތްމަދުވެ ބަރުގޮނުތައް އަޅާ އަޑެވެ.

ކޮންމެ އުޅަނދަކުން ވެސް ބޭރުކުރަމުން ދަނީ އިންސާނާގެ ނޭވާލުމުގެ ނިޒާމަށް ގެއްލުންދޭ އެތައް ބާވަތެއްގެ ވިހަ ދުންތަކެވެ. މާލޭގެ ތޮއްޖެހުމުގެ ވާހަކަ ދައްކާކަމަށް ވާނަމަ، ތޮއްނުޖެހޭ އެއްޗެއް ނެތެވެ. ތަގައްޔަރުވެފައިވާ ނުސާފު ވައި ވެސް މިވަނީ މާލޭގެ މަގުތައް ފަތަހަކޮށްފަ އެވެ. މާލެއަކީ ރާއްޖޭގެ އެންމެ ގިނަ ވަސީލަތްތައް ހުރި ރަށް ކަމަށް ވާއިރު، އެކި ބޭނުންތަކުގައި މާލޭގެ ސިމެންތި ތަޅުންގަނޑުގައި ފައި ޖައްސާލާ ކޮންމެ މީހެއްގެ ވެސް ފުއްޕާމެ އަށް މަރުހަބާ ކިޔަނީ އުޅަދުތަކުން ދޫކުރާ ވިހަ ދުންތަކެވެ.

ވައި ތަގައްޔަރުވުމުގެ މައްސަލަ ހައިރާންވާހާ ވަރަށް ބޮޑުވެފައިވާއިރު ރާއްޖޭގެ ސަރުކާރުން ވަނީ މިކަން ހައްލު ކުރުމަށް މަސައްކަތްތަކެއް ފަށާފަ އެވެ. ޖޫން މަހުގެ ފަސް ވަނަ ދުވަހު ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާއެއްގައި އެންވާރަމެންޓް މިނިސްޓްރީން ވަނީ ނޭޝަނަލް އެޔާ ޕޮލިއުޝަން އެކްޝަން ޕްލޭން ގެ ނަމުގައި، ވައި ސާފުކުރުމަށް ކުރެވޭނެ މަސައްކަތްތަކާއި ބެހޭ އޮނިގަނޑެއް އެކުލަވާލާ އާއްމުކޮށްފަ އެވެ. އެ ހަފްލާގައި އެކްޝަން ޕްލޭން އިފްތިތާހުކޮށް ދެއްވި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވި ގޮތުގައި، ދަތުރުފަތުރަކީ ރާއްޖޭގައި ހައްލު ކުރަން އެންމެ ދަތި އެއް ދާއިރާ އެވެ. އެކަމަށް ސަމާލުވެ، ރަނގަޅު ނިޒާމެއް ގާއިމު ކުރަންޖެހޭ ކަމަށާއި އަމާޒަކީ ރާއްޖޭގައި ބޭނުން ކުރާ ހުރިހާ އުޅަނދަކީ ވެސް ތިމާވެއްޓާއި ރައްޓެހި އުޅަނދުތަކަށް ހެދުން ކަމަށެވެ.

އެންވާރަމަންޓު މިނިސްޓަރު ހުސެން ރަޝީދު ހަސަން ވެސް ވަނީ މާލެ އަށް މިއަދު ދިމާވެފައިވާ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. މިނިސްޓަރު ހުސެން ވިދާޅުވި ގޮތުގައި ރާއްޖޭގެ ގިނަ ރަށްތަކަށް ސާފު ވައި ލިބުމަކީ ވަރަށް ވެސް ނަސީބުވެރި ކަމެކެވެ. އެކަމަކު މާލޭގެ ވައި ނުސާފުވުމުގެ މައްސަލަ ދަނީ "މޭޖާ ޕްރޮބްލަމް" އަކަށް ވަމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމުގެ ހައްލު މިހާރު ހޯދަން މަސައްކަތް ފެށުމުން، މުސްތަގުބަލުގައި އެތައް މިލިއަން ޑޮލަރުތަކެއް ހަރަދު ކުރަން ނުޖެހޭނެ ކަމަށް އެންވާރްމަންޓް މިނިސްޓަރު ވިދާޅުވި އެވެ.

މާލޭގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ އިތުރުން މާލެ ވަށައިގެން ވެސް އޮތީ ވިހަ ދުމެވެ. އެގޮތުން ކަނޑުގެ މަގުން އެތައް ފެރީއެއް، ބޯޓެއް އަދި ލޯންޗެއް މާލެއަށް ދަތުރުކުރެ އެވެ. އޭ އިތުރުން މާލޭގެ ކައިރީ އޮންނަ ތިލަފުށީގައި ވެސް ކޮންމެ ދުވަހަކު އެތައް ކުންޏެއް އަންދަމުން ދެއެވެ. މާލޭގައި އެތައް އިމާރާތެއްގެ މަސައްކަތް ކުރަމުން ދާއިރު ކޮންސްޓްރަކްޝަން ސައިޓްތަކުން ވެސް ގޮތް ނޭނގޭ އެތައް ބާވަތެގެއް ކުނޑި ދަނީ ވަޔާ އެކީ ފެތުރެމުންނެވެ.

ގިނަ އަދަދެއްގެ ބަލި މީހުންނާއި ކުޑަކުދިން މާލޭގައި ދިރިއުޅެމުން ދާއިރު މި މާހައުލުގެ ވައި ތަގައްޔަރުވެފައި ވުމަކީ ވަރަށް ވެސް ހިތާމަވެރި ކަމެކެވެ. ސާފު ވަޔަކީ އިންސާނާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ނުހަނު މުހިންމު އެއްޗަކަށް ވާއިރު ގިނަ ދިވެހިން ތަކެއް ދިރުއުޅެމުންދާ މާލެ އަކީ ސާފު ވައި ލިބޭ މާހައުލަކަށް ހަދަން މަސައްކަތް ކުރަން ޖެހެ އެވެ.
ހިޔާލު

ަވާނުވާ

އެހެންވެ އެއްނު ވިލިމާލެ ރައްޔިތުން ހައްދާ ގަސްތައް ނަގަން ވިލިމާލެ ކައުންސިލަރު އަންގަނީއެ

އެޑްމުންޑޯ

އެއްވެސް އެްޗެއްނޭގުނަސް ދެން ހަމަ ތިބެގެން ކޮންމެވެސް އެއޗެއް ކިޔަނީ ، ރާއްޖޭގެ 90 ޕަސެންޓް މީހުންނަކީ ސާފްވައިލިބޭމީހުން ، މާލޭގެ ކޮޓަރިތަކުގެ އުޅޭ 10 ނުލާ