8 rashehge magu hadhan consultant eh hoadhanee
image
ލ. ގަމުގެ މަގެއް-- ފޮޓޯ: ދި އެޑިޝަން
ފާތުމަތު ނަޒުފާ އިރުޝާދު
1 ކޮމެންޓް
 

އަށް ރަށެއްގެ މަގު ހަދަން ކޮންސަލްޓެންޓެއް ހޯދަނީ

އަށް ރަށެއްގެ މަގު ހެދުމުގެ މަޝްރޫއު ފަރުމާކޮށް އޭގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަތުމަށް އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ތައްޔާރު ކޮށްދޭނެ ފަރާތްތަކެއް ހޯދަން އިއުލާންކޮށްފި އެވެ.
އެ މަޝްރޫއު ހިންގަން ހަމަޖެހިފައިވާ ރަށްތަކަކީ ލ. ގަން، ތ. ތިމަރަފުށި، ތ. ގުރައިދޫ. ގދ. ގައްދޫ، ހއ. ކެލާ، ރ. އަލިފުށި، ރ. ހުޅުދުއްފާރު އަދި މ. މުލަކެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ޕްލޭނިން މިނިސްޓްރީން ހުށަހެޅުމުން އެދިފައި ވަނީ އެ އަށް ރަށުގެ މަގު ހެދުމުގެ ސާވޭ އާއި ޑިޒައިން އަދި އީއައިއޭ ހަދައިދޭނެ ކޮންސަލްޓަންޓެއް ހޯދުމަށެވެ.

އެ އިއުލާނުގައިވާ ގޮތުން، ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދެވޭނީ އޭގެ ތެރެއިން މިިނިސްޓްރީން ޝޯޓް ލިސްޓް ކުރާ ބަޔަކަށެވެ.



ހިޔާލު

ބިންހިމަ

ކޮބާ ބ.ދަރަވަންދޫ ގެ މަގުހެދުން ކޮންދުވަހަކުން ފެށޭވަރު ވާނީ.