Hulhumale ga 24 gaid iru viyafaari kurumuge huhdha dhenee
image
ހުޅުމާލޭގެ ފިހާރައެއް--
މާއިދާ މުހައްމަދު ރަޝާދު
1 ކޮމެންޓް
 

ހުޅުމާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދެނީ

މި ހިނގަމުންދާ ޖޫން މަސް ނިމުމުގެ ކުރިން ހުޅުމާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
މިހާރު 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ދޫކޮށްފައި ވަނީ ހަމައެކަނި މާލޭ ސިޓީއަށެވެ. އެގޮތުން 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ މާލޭގެ 17 ތަނަކަށް ވަނީ ދޫކޮށްފަ އެވެ. އެއީ ހަ ފިހަރާއަކާއި 11 ކެފޭ ރެސްޓޯރަންޓެވެ.

ދައުލަތުގެ މީޑިއާ އަށް ރަޖިސްޓްރާ އޮފް ކޮމްޕެނީޒް މަރްޔަމް ވިސާމް ވިދާޅުވީ، ހުޅުމާލޭގެ ވިޔަފާރިތަކަށް 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށާއި އެކަން ކުރުމަށް ބައެއް ކަންކަން ފުރިހަމަ ކުރުމަށް ގަވައިދުގައި އޮންނާތީ މިހާރު ކުރަމުންދަނީ އެމަސައްކަތް ކަމަށެވެ.

އެގޮތުން އިންސްޕެކްޝަންތައް ނިމޭހާ އަވަހަކަށް، ގާތްގަނޑަކަށް ހަތް ދުވަހުގެ ތެރޭގައި ހުއްދަ ދޫކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރަނީ ވަކި ޝަރުތުތަކެއް ހަމަވާ ތަންތަނަށެވެ. އެގޮތުން އެތަނަކީ ތަނުގެ އެތެރެ ސާފުކޮށް ފެންނަ ގޮތަށް ހުންނަ ތަނަކަށްވުމާއި 24 ގަޑިއިރު އޮޕަރޭޓް ކުރާ ކެމެރާ ހަރުކޮށްފައި ހުރުމުގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަނަކަށްވުމަކީ 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރާ ތަންތަނުގައި ހުންނަ ޖެހޭ ބައެއް ޝަރުތުތަކެވެ.
ހިޔާލު

ހަޒްނާމް

އަތޮޅުތަކައއ ވަކި ގޮތެއް.. މާލެއައް ވަކި ގޮތެއް.. ތީ އިންސާފެއްނޫން..