Jinsee kushuge shikaara akah vaa meehunnah counselling dheyn fashaifi
image
ފޮޓޯ: މެޑިކަލް އެކްސްޕްރެސް
ފާތުމަތު ނަޒުފާ އިރުޝާދު
1 ކޮމެންޓް
 

ޖިންސީ ކުށުގެ ޝިކާރައަށްވާ މީހުންނަށް ކައުންސިލިން ދޭން ފަށައިފި

ޖިންސީ ކުށްތަކުގެ ޝިކާރަކަށްވާ މީހުންގެ ތެރެއިން ނަފްސާނީ އެހީތެރިކަން ބޭނުންވާ މީހުންނަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ހަރަދުގައި ކައުންސެލިން ދޭން ފަށައިފި އެވެ.
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން ނަފްސާނީ އެހީ ބޭނުންވާ ފަރާތްތަކަށް ކައުންސެލިން ދިނުމުގެ އިންތިޒާމް ހަމަޖައްސާފައި ވަނީ އިންސިޓިޓިއުޓް އޮފް މެންޓަލް ވެލްބިއިން މެދުވެރިކޮށް ކަމަށް އެ އޮތޯރިޓީން ބުނެފައިވެ އެވެ.

ކައުންސެލިން ދިނުމުގައި ބަލާނެ ހުދޫދާއި އަމަލު ކުރާނެ ގޮތްތަށް މިހާރު ވަނީ ގެޒެޓް ކޮށްފަ އެވެ.

ގެޒެޓުގައިވާ އުސޫލުތަކަށް ބަލާއިރު ކުށެއްގެ ޝިކާރައަކަށްވި މީހަކަށް ދިމާވާ ނަފްސާނީ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ޒިންމާދާރު ފަރުދެއްގެ ގޮތުގައި މުޖްތަމައުގައި ދިރި އުޅޭނެ ގޮތްތަކާއި ބެހޭ ގޮތުން ކައުންސެލިން ދިނުން ހިމެނެ އެވެ.
ހިޔާލު

ތިންވަނަވިސްނުން

ޢެއްމެ ރަނގަޅީ ހުރިހާ ކަމަކަންވެސް ނަމާދު.ކައުންސިލިން ދިނުމަކީ ހުޅަގުގެ ގައުމުތަކުގައި ހިންގާ ޖަރީމާ