VIA ga 21,000 flight aa eku 1.8 million dhathuru verin!
image
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް-- ފޮޓޯ: ޗައިނާ ޑެއިލީ
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ވީއައިއޭ ގައި 21،000 ފްލައިޓާއެކު 1.8 މިލިއަން ދަތުރުވެރިން!

މިއަހަރުގެ ފުރަތަމަ ހަތަރު މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ބޭނުންކުރި 21،000 އަށް ވުރެ ގިނަ ފްލައިޓާއެކު ހިދުމަތް ހޯދި މީހުން އަދަދު 1.8 މިލިއަނަށް އަރައިފި އެވެ.
ވީއައިއޭ ގައި މި އަހަރު އެންމެ ގިނައިން ފްލައިޓް އޮޕަރޭޓް ކޮށްފައި ވަނީ މާޗް މަހުގައި ކަމަށް ފިނޭންސް މިނިސްޓްރީން ނެރުނު ފުރަތަމަ ހަތަރު މަހުގެ އިކޮނޮމިކް އިންޑިކޭޓާގައި ބަޔާން ކޮށްފައި ވެއެވެ.

އެގޮތުން މާޗް މަހުގައި ޖެއްސި އަދި ފުރި ފްލައިޓްތަކުގެ އަދަދަކީ 5556 އެވެ.

ބައިނަލްއަގެވާމީ 9702 ފްލައިޓެއްގެ ހަރަކާތްތައް ވީއައިއޭ ގައި މި އަހަރުގެ ފުރަތަމަ ހަތަރު މަހު ހިންގާފައިވާއިރު އެތެރޭގެ އުދުހުންތަކުގެ އަދަދަކީ 11،306 އެވެ.

މި އަހަރުގެ ފުރަތަމަ ހަތަރު މަސް ތެރޭގައި ރާއްޖެ އަށް ދަތުރުކުރި އަދި ރާއްޖެއިން ބޭރަށް ދަތުރު ކުރި މީހުންގެ ޖުމްލަ އަދަދަކީ 1.4 މިލިއަނެވެ. ރާއްޖޭގެ އެތެރޭގެ ކަންކޮޅުތަކަށް ދަތުރުތަށް ކޮށްފައިވާ މީހުންގެ އަދަދު 400،000 އަށް އަރަ އެވެ.
ހިޔާލު