Kick 2 ge script ge masaikaih Sajid dhanee kuramun: Jacqueline
image
ޖެކޮލިން---
0 ކޮމެންޓް
 

ކިކް 2 ގެ ސްކްރިޕްޓުގެ މަސައްކަތް ސާޖިދު ދަނީ ކުރަމުން: ޖެކޮލިން

ކިކް 2 ގެ ސްކްރިޕްޓުގެ މަސައްކަތް ޑައިރެކްޓަރު ސާޖިދު ނަޑިއަޑްވާލާ މިހާރު ދަނީ ކުރަމުން ކަމަށް އެކްޓަރެސް ޖެކޮލިން ފެނާންޑަސް ބުނެފި އެވެ.
"ކިކް" އަކީ 2014 ވަނަ އަހަރު ނެރެނު ކާމިޔާބު ފިލްމެކެވެ. ސަލްމާނު ހާނާއި ޖެކޮލިން ލީޑު ރޯލުން ފެނިގެންދާ އެފިލްމުގ ދެވަނަ ބައެއް ހަދަން ޑައިރެކްޓަރު ނިންމާފައިވާއިރު ފިލްމުގެ ސްކްރިޕްޓުގެ މަސައްކަތް އޭނާ ކުރަމުންދާ ކަމަށް ޖެކޮލިން ވަނީ ބުނެފަ އެވެ.

ބްލޮކްބާސްޓާ ސްކްރިޕްޓަކާ ނުލައި އޭނާ ނާންނާނެ ކަމަށާއި އޭނާއަށް ބޭނުންވާ ވަގުތާއި ސްޕޭސް ދޭކަމަށް ވެސް ޖެކޮލިން ވަނީ ބުނެފަ އެވެ.

"ކިކް" ގައި ސަލްމާނާއި ޖެކޮލިންގެ އިތުރުން ރަންދީޕް ހޫދާ ވެސް ފެނިގެން ދިޔަ އެވެ. ފިލްމުގެ ދެވަނަ ބައިން ވެސް ފެނިގެން ދާނީ އެ ފަންނާނުން ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.

ކިކްގެ ފުރަތަމަ ބައި ވެގެންދިޔައީ 200 ކްރޯޑް ކްލަބަށް އެރި ފުރަތަމަ ފިލްމަށެވެ. "ކިކް 2" ނެރޭނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މިހާރު ގިނަ ބަޔަކު ތިބީ އެފިލްމު ނެރޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.
ހިޔާލު