Bathalaa Nusrat Jahan India ge majileehah hovijje
image
ނުސްރަތު ޖަހަން--
0 ކޮމެންޓް
 

ބަތަލާ ނުސްރަތު ޖަހަން އިންޑިއާ މަޖިލީހަށް ހޮވިއްޖެ

އިންޑިއާގެ ފިލްމީ ތަރި، ނުސްރަތު ޖަހަން އެގައުމުގެ މަޖިލީހަށް ހޮވިއްޖެ އެވެ.
ޓްރިނަމޫލް ކޮންގްރެސް ޕާޓީގެ މެމްބަރެއްގެ ގޮތުގައި ނުސްރަތު މަޖީލަހަށް ހޮވުމުން އިއްޔެ އޭނާ ވަނީ މެމްބަރުކަމުގެ ހުވާ ވެސް ކޮށްފަ އެވެ.

ބެންގާލީ ފިލްމުތަކުގައި މަސައްކަތްކޮށް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އުމުރުން 29 އަހަރުގެ ނުސްރަތު ދާދި ފަހުން ވަނީ އިންޑިއާގެ ވިޔަފާރިވެރިޔަކާ އިޓަލީގައި ކައިވެނިކޮށްފަ އެވެ.

ނުސްރަތު މަޖިލީހަށް ހޮވުނީ، އިންޑިއާގެ ވެސްޓް ބެންގަލުގައި އޮންނަ ބަސީރުހަޓް ދާއިރާއިންނެވެ. އޭނާ އެ މަގާމަށް ހޮވުނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދަރަ މޯދީގެ ޕާޓީން ވާދަކުރި، ސަަޔާތަން ބާސޫ އާ ވާދަކޮށް 3.5 ލައްކައަށް ވުރެ ގިނަ ވޯޓު އޭނާއާ ދެކޮޅަށް ހޯދައިގެންނެވެ.
View this post on Instagram

Towards a happily ever after with @nikhiljain09 ❤️

A post shared by Nusrat (@nusratchirps) on



މޮޑެލް ކުރުމުގެ ތެރެއިން ފިލްމީ ދާއިރާއަށް ޝައުގުވެރިކަން އުފެދި ނުސްރަތު ފިލްމުތަކުގައި މަސައްކަތް ކުރަން ފެށީ، 2011 ވަނަ އަހަރެވެ.

އެގޮތުން މިހާތަނަށް އޭނާ ވަނީ 18 އަށް ވުރެ ގިނަ ފިލްމުގައި މަަސައްކަތްކޮށްފަ އެވެ. އަދި އަންނަ އަހަރަށް ވެސް އޭނާގެ ފިލްމެއް އެބަ އޮތެވެ. އެފިލްމު ނެރޭނެ ސީދާ ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ.
ހިޔާލު