JSC in fandiyaarunnah alhaa fiyavalhu thah isthiufaan kureveyne gothah hadhanee
/
image
އެޓަރނީ ޖެނެރަލް ރިފްއަތު --
3 ކޮމެންޓް
 

ޖޭއެސްސީން އަޅާ ފިޔަވަޅުތައް އިސްތިއުނާފް ކުރެވޭނެ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ގިނަ އިޞްލާޙުތަކެއް ހުށަހެޅުމަށް ނިންމައިފިއެވެ.
އެޓަރނީ ޖެނެރަލް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޓަރނީ ޖެނެރަލް އިބްރާޙީމް ރިފްޢަތު ވިދާޅުވީ ރިފްއަތު ވިދާޅުވީ ފަނޑިޔާރުންނާއި މެދު ޖޭއެސްސީ ނިންމާ ނިންމުންތަކަށް ނުވަތަ އަޅާ ފިޔަވަޅުތަކުގެ މައްސަލަތައް ކޯޓުތަކަށް ނުބެލޭނެ ގޮތަށް ޖޭއެސްސީގެ ގާނޫނަށް އިޞްލާހު ހުށަހަޅާނެ ކަމަށެވެ.

ޖޭއެސްސީން ފަނޑިޔާރަކާއި މެދު އެޅި ފިޔަވަޅަކާއި މެދު ހިތްހަމަ ނުޖެހޭނެ ނަމަ އެކަން އިސްތިއުނާފު ކުރެވޭނެ ގޮތްވެސް ޖޭއެސްސީގެ ގާނޫނަށް ގެންނަ އިޞްލާހުގައި އޮންނާނެ ކަމަށް ރިފްއަތު ވިދާޅުވިއެވެ. އެގޮތުން ތިން މަރުހަލާގެ ކޯޓުތަކުގެ ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހެއް އާ އިސްލާހުގެ ދަށުން އުފެދޭނެ ކަމަށް ރިފްއަތު ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވި އެ މަޖިލީހަށް ބެލޭނީ ޖޭއެސްސީން ފަނޑިޔާރަކާއި މެދު އަޅާ ފިޔަވަޅުތައް އެކަނި ކަމަށެވެ. ނަމަވެސް ފަނޑިޔާރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖޭއެސްސީން ނިންމާ ނިންމުމެއް އިސްތިއުނާފް މަޖިލީހަށް ނުބެލޭނެ ކަމަށްވެސް ރިފްއަތު ވިދާޅުވިއެވެ. އަދި ފަނޑިޔާރަކު ވަކިކުރަން މަޖިލީހުން ނިންމާ އެއްވެސް ނިންމުމެއް ވެސް އިތުރު ކޯޓަކަށް ނުބެލޭނެ ގޮތަށް ވެސް އާ އިސްލާހުގައި ހިމަނާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު ހަމައެއާ އެކީގައި ދުނިޔޭގެ އެހެން ތަންތަނުގައި ވެސް އޮންނަ މަރުހަލާއެއް އިސްތިއުނާފް މަރުހަލާއަކީ. އެހެންވީމަ އެގޮތުގެ މަތިން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް މި އިސްލާހު ހުށަހެޅީ." ރިފްއަތު ވިދާޅުވި އެވެ.

ޖޭއެސްސީގެ ގާނޫނަށް ހުށަހަޅާ އިތުރު އިސްލާހުތަކުގެ ތެރޭގައި ޖޭއެސްސީގައި ތިއްބަވާ ބޭފުޅުންނަށް ޖޭއެސްސީގެ މެމްބަރުކަމުގެ މުއްދަތުގައި ކޯޓުތަކުގައި ވަކާލާތު ކުރުން ވެސް އާ އިސްލާހުގެ ދަށުން މަނާ ކުރެވޭނެ ކަމަށް ރިފްއަތު ވިދާޅުވި އެވެ.

ހަމައެއާއެކު ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަކީ ޖޭއެސްސީގެ ދަށުން ހިނގާ މުއައްސަސާއަކަށް ހެދުމާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަމަށް ބޭފުޅުން އައްޔަން ކުރުމުގެ ބާރު ވެސް ޖޭއެސްސީއަށް ދިނުމަށް އެ އިސްލާހުގައި ހިމަނާފައިވާ ކަމަށްވެސް ބަންޑާރަ ނާއިބު ރިފްއަތު ވިދާޅުވި އެވެ.
ޖޭއެސްސީގެ ދަށަށް ޑީޖޭއޭ ބަދަލުކުރާ ގޮތަށް ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިހާރުވެސް ވަނީ ހުށަހަޅާފައެވެ. އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.
ބަންޑާރަ ނައިބު
ހިޔާލު

ޕޮލިސީމޭކަރސް

ރިއްފަތު ކަލޭމެން (ސިޔާސީ މީހުން) ނުހިމެނޭހެން ޖޭއެއްސީ އިސްލާޙުކުރާކަށް ނުކެރޭތަ. އަސްލުތިއީއޭ ހުރިހާވެސް ނުބަޔަކީ. އެކަމު ތިމާމީހާއާއި ތިމާގެ އައުވާނުންގެ މަސްލަޙަތު ބޮޑުވީމަ، އެއީ މައްސަލައަކަށް ނުވެގެން ތިއުޅެނީ.

ކާލި

މީހެއްގެ މައްޗަށް ކުރެވުނު ތުހުމަތަކަށް ކޯޓުން ނުވަތަ ޓްރިބިއުނަލް އަކުން ގޮތެއް ކަޑަ ނާޅާހާހިންދަކު އެއީ ސާފު ސިދާ މިހެއް އެއްވެސް ތުމުތެއް އޮތްމީހެއް ކަމަށް ބެލެވިގެން ނުވާނެ.

މިއީ އިސްލާމީ ޝަރީޢަތާއި ގާނޫނުއްދައުލީގައި ބަޔާން ވެގެންވާގޮތް !

 

ފާތުން

ވަރުގަދަ ޖޭއެސްސީ އެއްތާދޯ!