Yemengai Harakaitherivaa IS ge Leader Hayyaru Koffi
image
އަބޫ އުސާމާ އާއި ކޯލިޝަނުން އަތުލައިގަތް އިތުރު ތިން މީހަކު އަސްކަރީ ފްލައިޓަކުން ބާލަނީ--
0 ކޮމެންޓް
 

ޔަމަންގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރު ހައްޔަރުކޮށްފި

އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ވެރިޔާ އަބޫ އުސާމާ އަލް މުހާޖިރު އަތުލައިގަނެފައިވާ ކަމަށް ސައުދީން އެކުލަވާލާފައިވާ އަސްކަރީ ކޯލިޝަނުން ބުނެފި އެވެ.
ހޫތީންނާއި އަދި ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް ޔަމަނުގައި މިހާރު ހަނގުރާމަ ކުރަމުންދާ ކޯލިޝަންގެ ތަރުޖަމާނު ތުރުކީ އަލް މާލިކީ އިއްޔެ ނެރުއްވި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އަބޫ އުސާމާ އަތުލައިގަނެފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހު އަސްކަރީ ކޯލިޝަންގެ ފަރާތުން ހިންގި އޮޕަރޭޝަނެއްގައި ގެއެއްގެ ތެރޭގައި ފިލައިގެން އުޅެނިކޮށެވެ. އަބޫ އުސާމާގެ އިތުރުން ޔަމަންގައި ހިންގާ އައިއެސްގެ މާލީ ކަންތައްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މީހާ އާއި، އިތުރު ދެ މީޙަކު ވެސް އެ އޮޕަރޭޝަންގައި އަތުލައިގަނެފައި ވެއެވެ.

އެމީހުން ހައްޔަރުކޮށްފައިވާ ކަމަށް ބުނި ނަމަވެސް މިހާރު އެމީހުން ބައިތިއްބާފައި ތިބި ތަނެއް ހާމަކޮށްފައެއް ނުވެ އެވެ. އެ އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ހަތިޔާރާއި މުވާސަލާތީ ވަސީލަތްތައް އަތުލައިގަނެފައިވާ ކަމަށް ވެސް މާލިކީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޔަމަނުގެ ވެރިރަށް ސަންނާ ހޫތީންގެ ބާރުގެ ދަށަށް ގެންދިއުމާ ގުޅިގެން ސައުދީ އާއި ޔޫއޭއީ އިސްވެ އޮވެ އެކުލަވާލި އަސްކަރީ ކޯލިޝަނުން ޔަމަނަށް ހަމަލާދޭން ފަށާފައި ވަނީ 2015 ވަނަ އަހަރެވެ. މިއަދާ ހަމައަށް އައި އިރު ދެ ފަރާތުން ބަދަލު ކުރަމުންދާ ހަމަލާތަކުގައި އެތައް ހާސް ބަޔަކު މަރުވެ އެތައް ބައެއްގެ ގެދޮރު ނެތިގޮސް ހާލުގައި ވަނީ ޖެހިފަ އެވެ.

ޔަމަންގައި އައިއެސްގެ ހަރަކާތްތައް ވަރުގަދަ ކުރަމުންދާ އިރު، އިރާގާއި ސީރިއާގައި އައިއެސް ވަނީ ވަރަށް ބޮޑަށް ފަހަތަށް ޖައްސާލާފަ އެވެ.
ޔަމަން އައިއެސް
ހިޔާލު