Dubai ge Valee ahudhu Raajje vadaigennevee honeymoon ah
image
ޝެއިހް ހަމްދާން--
2 ކޮމެންޓް
 

ދުބާއީގެ ވަލީއަހުދު ރާއްޖެ ވަޑައިގެންނެވީ ހަނީމޫނަށް!

ދުބާއީގެ ވަލީއަހުދު ޝައިހް ހަމްދާން ބިން މުހައްމަދު ބިން ރާޝިދު އަލް މަހްތޫމް، ނ. އަތޮޅުގައި އޮންނަ ވެލާ ރިސޯޓުގައި ޗުއްޓީ ހޭދަކުރައްވަމުން އެބަ ގެންދަވަ އެވެ.
"ފަޒާ" ގެ ނަމުން މަޝްހޫރު، އުމުރުން 36 އަހަރުގެ ޝައިހް ހަމްދާން، މިދިޔަ މާޗް މަހުގެ ތެރޭގައި ކައިވެނި ބައްލަވައިގެންފައިވާއިރު އޭނާ ރާއްޖެ ވަޑައިގެންނެވީ ހަނީމޫނަށް ކަމަށް ބޭރުގެ ނޫސްތަކުން ބުނެ އެވެ. އެކަމަކު އަނބިކަނބަލުންނާއެކު ނަގަފާއިވާ ފޮޓޯއެއް ހިއްސާކުރައްވާފައެއް ނުވެ އެވެ.

އިންސްޓަގްރާމުގައި 8.2 މިލިއަނަށް ވުރެ ގިނަ މީހުން ޝައިހް ހަމްދާން، ފޮލޯކުރަމުން އަންނައިރު ހަމްދާން ވަނީ ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ފޮޓޯތައް ސޯޝަލް މީޑިއާއާ ހިއްސާކުރައްވާފަ އެވެ. ފެހި ކުލަ ގަދަ ގަސްތަކުން ޖަރީވެފައިވާ ބަގީޗާތަކުގެ އިތުރުން ރާއްޖޭގެ ހުދު ދޮންވެލި ގޮނޑު ދޮށުގައި ނަގާފައިވާ ފޮޓޯތައް ވެސް ޝެއިހް ހަމްދާން ހިއްސާކުރެއްވިއިރު ގިނަ ބަޔެއްގެ ސަމާލުކަން ވަނީ އެ ފޮޓޯތަކަށް ލިބިފަ އެވެ.

ޗުއްޓީ ހޭދަކުރައްވަމުން އަންނަ ރިސޯޓުގެ ރީތިކަން ދައްކުވައިދޭ ވީޑިއޯއެއް ވެސް ޝެއިހް ހަމްދާން ހިއްސާކުރެއްވި އެވެ. އަދި ވަނީ ބޯކެޔޮގަނޑުތަކެއް ގޮނޑުދޮށުގައި ބަަހައްޓާފައި ހުއްޓާ ނަގާފައިވާ ފޮޓޯއެއް ވެސް ހިއްސާކުރައްވާފަ އެވެ. އޭގެ އިތުރުން އޭނާ މޫދުގައި ހުރެ ނަގާފައިވާ ވީޑިއޯއެއް ވެސް ހިއްސާކުރެއްވިއިރު އެވީޑިއޯއިން ބޮޑުބޭބެ ފެނިވަޑައިގެންނަވަ އެވެ.

ޝެއިހް ހަމްދާން އިންސްޓަގްރާމު ސްޓޯރީސް އަށް ހިއްސާކުރެއްވި ބައެއް ފޮޓޯތައް--

ޝައިހް ހަމްދާން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ހަބަރާއެކު އޭނާގެ ސަޕޯޓަރުން ވަނީ އެއީ ކޮން ރިސޯޓެއްކަން ހޯދާއި އެތަނާ ބެހޭ މައުލޫމާތު ގޫގުލް މެދުވެރިކޮށް ހޯދަން ފަށާފަ އެވެ. އެގޮތުން ޖާވިދު ހަތްރީ ނަމަކަށް ކިޔާ މީހަކު ޓްވިޓާގައި ވަނީ ޝެއިހް ހަމްދާން ވެލާ ރިސޯޓުގައި ހުރިކަން އެނގުމާއެކު ގިނަ ބަޔަކު އެ ރިސޯޓު ސާޗުކުރިކަން ދައްކުވައިދޭ ތަފާސްހިސާބެއް ވެސް ހިއްސާކޮށްފަ އެވެ. އެގޮތުން ވެލާ ރިސޯޓަށް ގޫގުލް ސާޗްކުރުން ކުއްލިއަކަށް މައްޗަށް ގޮސްފައިވާތަން އެ އިން ފެނިގެންދެ އެވެ.

ސޯޝަލް މީޑިއާގައި ވެސް ވަރަށް ހަރަކާތްތެރިކޮށް ފެނިވަޑައިގަންނަވާ ޝެއިހް ހަމްދާން ޗުއްޓީ ހޭދަކުރައްވަމުންދާ ރިސޯޓަކީ ރާއްޖޭގައި އޮންނަ އެންމެ މަތީ ފެންވަރުގެ އެއް ރިސޯޓެވެ.
ހިޔާލު

ސޯލިހު

ހަނީ މޫނަކަށް ނޫން އައީ

އަމާ ބަނޑު

މަވެސް ކުރިން ދުވަހު ދިޔައިން ރިސޯޓަކަށް، އެއްވެސް ނޫހަކު ނުޖަހާ، ރޭސިސްޓް !!