MDP ah 14 aharu furumaa gulhigen dhidha nagaifi
image
އެމްޑީޕީއަށް 14 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެމްޑީޕީ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އެމްޑީޕީއަށް 14 އަހަރު ފުރުމުން ދިދަ ނެންގެވީ ރައީސް ސޯލިހާއި ރައީސް ނަޝީދު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް 14 އަހަރު ފުރުމުން އެކަން ފާހަގަކުރުމަށް ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއް މިއަދު ހެނދުނު ބާއްވައިފި އެވެ.
މިއަދު ހެނދުނު އެމްޑިޕީ ހަރުގޭގައި ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ގައުމީ ދިދަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނަންގަވައިދެއްވި އިރު އެމްޑީޕީގެ ދިދަ ނަންނަވައި ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.


އެ ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި އެމްޑީޕީގެ މެންބަރުން އަދި އެޕާޓީއަށް ތާއީދުކުރާ ގިނަ ފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ.


އެމްޑީޕީ ރަޖިސްޓްރީ ކޮށްފައި ވަނީ 26 ޖޫން 2005 ގައެވެ. އެމްޑީޕީން ވަނީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
ހިޔާލު