Ranboli Mahaasamaa ge night market ga haassa promotion thakeh!
image
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ރަންބޮލި މަހާސަމާގެ ނައިޓް މާކެޓުގައި ހާއްސަ ޕްރޮމޯޝަންތަކެއް!

ރަންބޮލި މަހާސަމާގެ ފަރާތުން މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ނައިޓް މާކެޓާ ދިމާކޮށް ރަންބޮލިން ވަރަށް ހާއްސަ ޕްރޮމޯޝަންތަކެއް ފަށައިފި އެވެ.
ރާއްޖޭގައި އާއްމުކޮށް ބާއްވާ ނައިޓު މާކެޓުތަކާ ތަފާތުުކޮށް މި ނައިޓު މާކެޓު ކުރިއަށް ގެންދިޔުމުގެ ގޮތުން އެ މާކެޓުން ސްޓޯލް ގަންނަ ފަރާތްތަކުގެ މެދުގައި ލަކީޑްރޯ ނަގަން ވަނީ ހަމަޖެހިފަ އެވެ.

ލަކީ ޑްރޯގައި ގުރުއަތުން ހޮވޭ ފަރާތަކަށް ދިނުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ބޭނުން ކޮންމެ މަންޒިލަކަށް ދަތުރުކުރުމުގެ ދެކޮޅު ޓިކެޓެވެ. އެއީ އެއް އަހަރުގެ މުއްދަތެއްގެ ތެރޭގައި އެއްފަހަރު ބޭނުން ކުރެވޭނެ ޓިކެޓެކެވެ.

އޭގެ އިތުރުން އެ ޓިކެޓް ބޭނުން ކޮށްގެން ދަތުރު ކުރަން ބޭނުންވާ މަންޒިލަށް ދަތުރު ކުރާނެ ތާރީހެއް ވެސް ނިންމާނީ ނަސީބުވެރި ފަރާތުންނެވެ.

ޖުލައި 26 އާ ދިމާކޮށް ރަންބޮލި ނައިޓު މާކެޓު ކުރިއަށްދާއިރު ވިޔަފާރިވެރިންނާއި އެ ތަނުން ވިޔަފާރިކުރާ ފަރާތްތަކަށް ތަފާތު ބޮޑެތި އިނާމްތައް ދިނުމަށް ހަމަޖެހިފައި ކަމަށް ރަންބޮލި މަހާސަމާ އިން ބުނެ އެވެ.
ނައިޓް މާކެޓް
ހިޔާލު