STO warehouse sale bodu discount thakaa eku fashanee!
image
އެސްޓީއޯ ސުޕަމާކެޓް-- ފޮޓޯ: އެސްޓީއޯ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އެސްޓީއޯ ވެއާހައުސް ސޭލް ބޮޑު ޑިސްކައުންޓްތަކާއެކު ފަށަނީ!

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ޖުލައި 2 އިން 6 އަށް ވެއާހައުސް ސޭލެއް ބޭއްވުމަށް ނިންމައިފި އެވެ.
އެސްޓީއޯ އިން ބުނީ އެހެން އަހަރުތަކާ އެއް ގޮތަށް މި އަހަރު ވެސް އެ ސޭލް ކުރިއަށް ދާނީ އަމީނީމަގުގައި ހުންނަ އެސްޓީއޯ ސުޕަމާޓް ގުދަން - 7 ނަންބަރ ކޮށީ ގައެވެ.

އެގޮތުން ކޮންމެ ރެއަކު 08:00 އިން 11:00 އަށް ކުރިއަށްދާ އެ ސޭލްގައި އިލެކްޓުރޯނިކް ސާމާނު ވަރަށް ހެޔޮއަގުގައި ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

އޭގެ އިތުރުން އެ ސޭލްގައި އެހެނިހެން ސާމާނު ވެސް ވަރަށް އަގުހެޔޮކޮށް ލިބެން ހުންނާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.

ފަހު ދެދުވަހު ސޭލް ކުރިއަށް ދާނީ (ހުކުރާއި ހޮނިހިރި) ގައި ހަވީރު 04:00 އިން 06:00 އަށް އަދި ރޭގަނޑު 08:00 އިން 11:00 އަށެވެ.

ވެއާއަހައުސް ސޭލް ކުރިއަށްދާއިރު އެސޭލަށް ޒިޔާރަތް ކުރައްވާ ކޮންމެ ކަސްޓަމަރަކަށް ކޫޕަނެއް ލިބޭނެ ކަމަށާއި އަދި ކޮންމެ ރެއަކު ގުރުއަތުން ނަސީބުވެރި ފަރާތެއް ހޮވިގެންދާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.

އެސްޓީއޯއިން މަޢުލޫމާތު ދިން ގޮތުގައި އެސްޓީއޯއިން ކޮންމެ އަހަރަކުވެސް ބާވަމުން އަންނަ ވެއާހައުސް ސޭލްއަށް ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.
އެސްޓީއޯ ވިޔަފާރި
ހިޔާލު