Maamuige aa video belintha?
image
ފިލްމުގައި ފެނިގެންދާނެ ތިން ކެރެކްޓާ---
0 ކޮމެންޓް
 

މާމުއިގެ އާ ވީޑިއޯ ބެލިންތަ؟

ޑާކްރެއިން އެންޓަޓެއިންމަންޓު އިން "މާމުއި" ގެ މަންޒަރު ފެންނަ ވީޑިއޯއެއް ދާދި ފަހުން ހިއްސާކޮށްފައިވާއިރު ގިނަ ބަޔަކަށް ވަނީ އެ ވީޑިއޯ ކަމުގޮސްފައެވެ.
އެވީޑިއޯ ބެލުމަށްފަހު ގިނަ ބަޔަކު މިހާރު ތިބީ އެފިލްމު ބެލުމަށް ކެތްމަދުވެފައެވެ. ކުޑަ އެވީޑިއޯ ކޮޅުން ވެސް ގިނަ ބަޔަކު ހެއްވާލިއިރު ފިލްމުގައި އެފަދަ މަޖާ އެތައް މަންޒަރުތަކެއް ފެނިގެންދާނެ ކަމަށް ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ވަނީ ބުނެފައެވެ.


އަންނަ މަހުގެ އެއް ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ އެފިލްމުގެ ޓިކެޓު މިހާރު އޮލިމްޕަސް ކައުންޓަރުން ވިއްކަން ފަށާފައިވާއިރު ޕްރިމިއާ ނައިޓްގެ ޓިކެޓި ލިބެން ހުރީ 150 ރުފިޔާ އަށެވެ. އަދި އެހެން ރޭތަކަށް ޓިކެޓް ލިބެން ހުރީ 100 ރުފިޔާ އަށެވެ.

މާލޭގެ އިތުރުން ރާއްޖެތެރޭ ގިނަ ރަށްތަކުގައި ފިލްމު އެޅުވުމަށް ނިންމާފައިވާއިރު ހދ. ކުޅުދުއްފުށީގައި އެފިލްމު އެޅުވުމަށް ނިންމާފައި ވަނީ އަންނަ މަހުގެ ހަތަރެއް އަދި ފަސް ވަނަ ދުވަހެވެ.

ފިލްމުގައި ފެނިގެންދާ ފަންނާނުންގެ ތެރޭގައި މަރިޔަމް މަޖުދާ (މަޖޫ) އާއި އިސްމާއީލް ޖުމައިހް (ޖުމާ) އާއި މަރިޔަމް އައްޒަ އަދި ސަމާހަތު ރާޒީ އާއި ޝީލާ ނަޖީބު ގެ އިތުރުން ޝަޒްލީމް އާއި ޝާޔާ އާއި އަހްމަދު ސުނީ ވެސް ފެނިގެންދާނެއެވެ. އޭގެ އިތުރުން ނުޒުހަތު ޝުއައިބު (ނުޒޫ) އާއި އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ) އާއި ހަމްދާން ފާރޫގް އާއި އާދަމް ރިޒްވީ އަދި އަހްމަދު އަމާން އާއި އައިމިނަތު ނޫރާ އަދި އަހްމަދު ޝާކިރު ވެސް ހިމެނެ އެވެ.
ހިޔާލު