Youth Tech Fair ga baiverivumuge furusathu hulhuvaalaifi
image
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު-- ފޮޓޯ: ރައީސް އޮފީސް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ޔޫތު ޓެކް ފެއާ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އަންނަ ޖުލައި މަހު "ޔޫތު ޓެކް ފެއާ" ގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުޅުވުމުގެ ފުރުސަތު ޔޫތު މިިނިސްޓްރީން ހުޅުވާލައިފި އެވެ.
"ޔޫތު ޓެކް ފެއާ" އަކީ ޔޫތު މިނިސްޓްރީ އާއި ޕްރޮފެސާ ހަސަން އުގެއިލްގެ ފައުންޑާޒަން ގުޅިގެން ޒުވާނުން ޓެކްނޮލޮޖީއަށް އަހުލުވެރި ކުރުވުމަށް ބާއްވާ ފެއާ އެކެވެ.

ޔޫތު މިނިސްޓްރީގެ އޮފިޝަލަކު ސީއެންއެމް އަށް ވިދާޅުވީ މި ފެއާގެ މަގްސަދަކީ ޒުވާނުންނަށް ސައިންސާއި ޓެކްނޮލޮޖީގެ ދުނިޔެއަށް ލޯ ހުޅުމުވުމުގެ ފުރުސަތު ދިނުމަށް ބާއްވާ ފެއާއެއް ކަމަށެވެ.

ފަސް ދާއިރާއަކަށް ހުޅުވާލެވިގެން ބާއްވާ ފެއާ އޮންނާނީ ޖުލައި މަހުގެ ފަހުކޮޅުގަ އެވެ. އެ ދާއިރާތަކުން ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ އެއް ފަރާތް ފެއާއަށް ހޮވޭނެ އެވެ.

އަދި އެ ފަރާތްތަކަށް ޕްރޮފެސާ އުގައިލް ގެ ފަރާތުން ހާއްސަ ހަދިޔާ އެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ފެއާގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް ޖުލައި 18 ގެ ކުރިން މިނިސްޓްރީ އަށް ފޯމު ހުށަހަޅަން ޖެހެ އެވެ.

"ޔޫތު ޓެކް ފެއާ" ގެ ސަބަބުން މުޖުތަމައަށް ބޭނުންތެރި އުފެއްދުންތެރި ޒުވާނުންތަކެއް ބިނާވެގެން ދިޔުމަކީ ޔޫތު މިނިސްޓްރީގެ މަގްސަދެކެވެ.
ހިޔާލު