MDP in kuran huri masaihkaih thah adhives varah gina: Raees
image
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: މޯލްޑިވްސް ޓައިމްސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އެމްޑީޕީން ކުރަން ހުރި މަސައްކަތްތައް އަދިވެސް ވަރަށް ގިނަ: ރައީސް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުރަން ހުރި މަސައްކަތްތައް އަދިވެސް ވަރަށް ގިނަ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އަށް މިއަދު 14 އަހަރު ފުރިފައިވާއިރު އެދުވަހުގެ ތަހުނިޔާ ރައީސް ޓުވިޓާ މެދުވެރިކޮށް އެމްޑީޕީގެ އެހާރާއި މިހާރުގެ މެންބަރުންނަށް ވަނީ ތަހުނިޔާ އަރިސްކޮށްފަ އެވެ.

އޭގެ އިތުރުން ރައްޔިތުން އެދޭ ހެޔޮ ބަދަލު ގެނައުމަށް މި ވޭތުވެދިޔަ 14 އަހަރު ޕާޓީގެ ހުރިހާ މެންބަރުން ވަނީ އެތައް ގުރުބާނީއެއް ވެފައި ކަމަށާއި ކުރަން ހުރި މަސައްކަތްތައް އަދިވެސް ވަރަށް ގިނަ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.


އެމްޑީޕީއަށް 14 އަހަރު ފުރުމުގެ މުނާސަބަތުގައި އެޕާޓީން ވަނީ ދިދަ ނެގމުގެ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެގޮތުން އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ގައުމީ ދިދަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނަންގަވައިދެއްވި އިރު އެމްޑީޕީގެ ދިދަ ނަންނަވައި ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ހިޔާލު