Aa apron gai flight operation test kohfi
image
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު-- ފޮޓޯ: މޯލްޑިވްސް މެގެޒިން
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

އާ އޭޕްރަންގައި ފްލައިޓް އޮޕަރޭޝަން ޓެސްޓްކޮށްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް) ގެ ހުޅަނގު ދެކުނު އޭޕްރަންގައި ފްލައިޓް އޮޕަރޭޝަން ޓެސްޓްކޮށްފި އެވެ.
މިއަދު ޕެސެންޖަރުންނާއެކު ޖެއްސި ބޯޓުގެ އޮޕަރޭޝަންތައް ކާމިޔާބު ކަމާއުކު ޓެސްޓް ކުރެވުނު ކަމަށް އެމްއޭސީއެލް އިން ބުނެފައި ވެއެވެ.

އޭޕްރަންގެ މަސައްކަތްތަށް މިހާރު އެއްކޮށް ނިންމާފައިވާއިރު ރަސްމީކޮށް ހުޅުވަން ހަމަޖެހިފައި ވަނީ ސިވިލް އޭވިއޭޝަނުން އެޕްރޫވް ކުރުމުންނެވެ.

އަލަށް ހެދި އޭޕްރަން އަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް މިހާރު ހިދުމަތް ދޭ އޭޕްރަން އާ ފުދޭ ވަރަކަށް ތަފާތު އޭޕްރަން އެކެވެ.

ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިޔަށް ގެންދާ އެ މަސައްކަތަކީ އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން ކުރާ ކަމެކެވެ.

ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިމިފައިވާއިރު ދެވަނަ ފިޔަވަހީގެ ދަށުން އެއާ ކްރާފްޓް ޕާކް ކުރާ ޖާގަ އާއި ޑޮމެސްޓިކް ޓާމިނަލް ސަރަހައްދުގެ މަސައްކަތް ކުރާނެ އެވެ.

ގާތްގަނޑަކަށް 70000 އަކަމީޓަރު ހުންނަ އޭޕްރަންގައި ކޯޑް އީ މަރުކާގެ ފަސް ބޯޓާއި ކޯޑް ސީ މަރުކާގެ ހަތް ބޯޓަށް ޕާކު ކުރެވޭނެ އެވެ.

މި މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން އެއާޕޯޓު ތަރައްޤީ ކުރުމަށް ފެށި އެއް ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.
ހިޔާލު