Meezaan aai Navya rahtehivegen ulhey vaahakathah dhogukohfi
image
މީޒާން އާއި ނަވްޔާ--
0 ކޮމެންޓް
 

މީޒާން އާއި ނަވްޔާ ރައްޓެހިވެގެން އުޅޭ ވާހަކަތައް ދޮގުކޮށްފި

އިންޑިއާގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކުން ބޮލީވުޑަށް ނިކުތުމަށް ތައްޔާރުވަމުން އަންނަ ޖާވިދު ޖެފްރީގެ ދަރިފުޅު، މީޒާން އާއި އަމީތާބު ބައްޗަންގެ ކާފަ ދަރިފުޅު، ނަވްޔާ ނަވޭލީ ނަންޑާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ދެކެވޭ ވާހަކަ މީޒާން ދޮގުކޮށްފި އެވެ.
އެ އަޑުތަކެއް ފެތުރުނީ ދެމީހުން އެކުގައި އުޅެނިކޮށް ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވެގެންނެވެ. އެކަމަކު މީޒާން މިވަނީ އެއަޑުތައް ކަނޑުވާލުމަށް އިންޑިއާގެ ނޫހަކަށް އިންޓަވިއުއެއް ދީފައެވެ. އުމުރުން 22 އަހަރުގެ މީޒާން ބުނީ، ނަވްޔާއަކީ އޭނާގެ ދައްތަގެ އެންމެ ގާތް އެކުވެރިޔާ ކަމަށާއި އަދި އޭނާގެ ވެސް އެކުވެރިއެއް ކަމަށެވެ. އަދި ނަވްޔާއާ ޑޭޓު ނުކުރާ ކަމަށާއި ދެމީހުން އެކުގައި ނިއު ޔޯކުގައި ކިޔެވި ކަމަށް ވެސް އޭނާ ބުނެއެ ވެ.

ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކުގައި އޭނާ މޫނުގައި އަތްއަޅައިގެން ހުއްޓާ ފެނުނީ އެވަގުތު ފޮޓޯއަކަށް އަރަން އޭނާ ބޭނުން ނުވާތީ ކަމަށާއި އަމިއްލަ ދިރިއުޅުމުގެ ކަންކަން ނޫސްތަކަށް އަރަން ބޭނުން ނުވާ ކަމަށް ވެސް މީޒާން ބުންޏެވެ.
View this post on Instagram

📸: @rohanshrestha

A post shared by Meezaan (@meezaanj) on


މިވަގުތު ހުރީ ސިންގަލްކޮށް ކަމަށާއި ބޭނުން ވަނީ މަަސައްކަތަށް ފޯކަސް ކުރަން ކަމަށް ވެސް މީޒާން ބުނެ އެވެ.
View this post on Instagram

💕

A post shared by Navya Naveli Nanda® (@naavyananda) on

ހިޔާލު