BREAKING NEWS: Raees Yameen ge mahsala belun laskuraathee Gaazee Hailam ge sulookee mahsala eh balanee
image
ހައިލަމް ގާޒީ.-- ފޮޓޯ: މިހާރު
2 ކޮމެންޓް
 

ރައީސް ޔާމީނުގެ މައްސަލަ ބެލުން ލަސްކުރާތީ ގާޒީ ހައިލަމްގެ ސުލޫކީ މައްސަލައެއް ބަލަނީ!

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖަގާ ލިބޭ ނިންމުމެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ނިންމާފައިވަނީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް ނުނިމި އާދަޔާ ހިލާފަށް ދިގުދެމިގެންދާ މައްސަލަތައް އެ ކޮމިޝަނަށް ލިބެމުންދާތީ، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ލަސްވާ މައިގަނޑު ސަބަބަކީ ކޮބައިތޯ ބެލުމަށެވެ.

އެގޮތުން މައްސަލަތައް ލަސްވަނީ ފަނޑިޔާރެއްގެ ސަބަބުން ކަމަށް ވާނަމަ އެފަދަ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ޖޭއެސްސީން ބަލަން ވެސް ވަނީ ނިންމާފަ އެވެ. އަދި އެ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ކްރިމިނަލް ކޯޓުގައި ހުރި އެފަދަ މައްސަލަތައް ބަލަން ވެސް ޖޭއެސްސީން ވަނީ ނިންމައިފަ އެވެ.

"ސީއެންއެމް" އަށް އެނގިފައިވާގޮތުން ޖޭއެސްސީން މިއަދު ނިންމި ނިންމުމުގެ ސަބަބުން ހައިލަމުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖާގަ ލިބެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލަ ބެލުން ލަސްކުރަމުންދާ މައްސަލާގަ އެވެ.

ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ލަސްވާ މައްސަލަ އެންމެ ފުރިހަމަ އަށް ބެލުމަށް، ޖޭއެސްސީން ވަނީ ކޮމިޓީ އެއް އެކުލަވާލައިފަ އެވެ. އެގޮތުން އެ ކޮމިޓީގައި ހިމެނެނީ އެ ކޮމިޝަނުގެ މެމްބަރު އަބްދުއްރައޫފް އިބްރާހިމް، އެ ކޮމިޝަނުގެ ނައިބު ރައީސް މަސްތޫރު ހުސްނީ އަދި އެ ކޮމިޝަނުގެ މެމްބަރު ހިސާން ހުސައިން އެވެ.

ކްރިމިނަލް ކޯޓުން ލަސްކުރާ ރައީސް ޔާމީނުގެ މައްސަލަ!

ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލާގައި ކްރިމިނަލް ކޯޓުން އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ ފެބްރުއަރީ މަހުގެ 18 ވަނަ ދިވަހު އެވެ. އަދި އޭޕްރީލް 25 ވަނަ ދުވަހަށް އެ މައްސަލަގެ އަޑު އެހުމެއް ތާވަލް ކުރި ނަމަވެސް އެ އަޑުއެހުން ފަހުން ވަނީ ކެންސަލް ކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން އެ މައްސަލަތައް ބެލުން ލަސްކުރަމުން އަންނަ އިރު، އެ މައްސަލާގައި ރައީސް ޔާމީން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރި އެވެ. އަދި ރައީސް ޔާމީނުގެ އެކައުންޓްތަކުގައި ހުރި 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ފްރީޒް ކުރުމަށް ވެސް އެ ކޯޓުން އަމުރެއް ނެރުނެވެ.

އެކަމަކު ފަހުން ހައި ކޯޓުން ވަނީ އެ ދެ އަމުރު ވެސް ބާތިލް ކޮށްފަ އެވެ. އެއާ އެކު ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) ވަނީ އެ ދެ މައްސަލަ ވެސް ސްޕްރީމް ކޯޓަށް ވައްދާފަ އެވެ. ނަމަވެސް މިހާތަނަށް އެ ދެ މައްސަލާގައި ސްޕްރީމް ކޯޓުން ހުކުމަކާއި ހަމަ އަށް ގޮސްފައެއް ނުވެ އެވެ.
ހިޔާލު

މީރުބަހުރު

ކޯޓްތަކަށް ކިޔެއްތެ އަޅޭ މިވަނީ. މިހާރު ކުރާ ކައްކައިގެންވެސް ބަލަން ވެއްޖެނު. މިތަނުގައި ހަންޑިއެއް އުޅެނީތޯވެސް.

ނިލަންދޫ

ތިޔަ ހުރިހާ ފަޑިޔާރުން ވަކިކޮށް އަދުލުވެރި ފަޑިޔާރުން ލުމަށް ރަތްޔަތުންގެ މަޖްލީހަން ގޮވާލަމެވެ.