Court thakugahuri massalathah nuhingaa, dhigulaathee JSC ekan balan ninmaifi
image
ޖޭއެސްސީގެ ޑިރެކްޓަރ ހަސަން ޒަހީން--
މުހައްމަދު ފަތުހުއްﷲ
0 ކޮމެންޓް
 

ކޯޓުތަކުގަހުރި މައްސަލަތައް ނުހިނގާ ދިގުލާތީ ޖޭއެސްސީ އެކަން ބަލަން ނިންމައިފި

ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ޝަރީއަތުގެ އަޑު އެހުންތައް ނުބޭއްވި، މައްސަލަތައް ނިންމުމުގައި ދިގުލާތީ އެކަން ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމަށްފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެކޮމިޝަންގެ ޑިރެކްޓަރ ހަސަން ޒަހީން ވިދާޅުވީ، ޝަރުއީ ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތައް ނިންމުމުގައި ދިގުލައިގެން ދިއުމާ ގުޅިގެން އެކޮމިޝަނަށް ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެގޮތުން މިއަދު ޖޭއެސްސީން ބޭއްވި ބައްދަލުވުމުގައި، ޝަރުއީ ކޯޓުތަކުން މައްސަލަތައް ކުރިއަށް ގެންދިއުމުގައި ހުރި ދަތިތަކާއި އެމައްސަލަތައް ކުރިއަށް ނުދާ ސަބަބުތައް އޮޅުންފުލުވުމާއި ޝަރުއީ ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތައް އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދިއުމަށްޓަކައި އެކޯޓުތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް އެކޮމިޝަނަށް ކުރެވެންހުރި ކަންކަން ކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

ޒަހީނު ވިދާޅުވީ ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތަށް ކުރިއަށް ނުދާތީ، އެކަން ބެލުމުގެ ގޮތުން އެންމެ ފުރަތަމަ ބަލާނީ ކްރިމިނަލް ކޯޓު ކަމަށެވެ.

މީގެއިތުރުން ޒަހީނު ވިދާޅުވީ ކްރިމިނަލް ކޯޓަށް ދެ ގާޒީއަކު ބޭނުންވެގެން އެދިފައިވާތީ، އެކަން ވީހާވެސް އަވަހަކަށް ކޮށްދިނުމަށް ވެސް ޖޭއެސްސީން ނިންމާފައިވާ ކަމަށެވެ. އެގޮތުން މާދަމާއިން ފެށިގެން ކްރިމިނަލް ކޯޓުގެ ދެ ގާޒީންގެ މަގާމަށް ބޭފުޅުން ހޯދުމަށް އިއުލާން ކުރެވިގެން ދާނެ ކަމަށާއި ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ގާޒީން ކަނޑައެޅިގެންދާނެ ކަމަށެވެ.

ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް، ހާއްސަކޮށް ކްރިމިނަލް ކޯޓަށް ހުށަހެޅޭ މައްސަލަތަކަށް ގޮތެއް ނިންމުމުގައި ގިނަ ދުވަސްވާތީ ރައްޔިތުންގެ ކަންބޮޑުވުން އޮވެއެވެ.

މިހާރުގެ ސަރުކާރުންނާއި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ގެންދަވަނީ ފާހަގަ ކުރައްވަމުންނެވެ. އަދި ޖުޑީޝަރީ އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން މިހާރު ގެންދަނީ ކުރަމުންނެވެ.
ހިޔާލު