Council inthihaabah JP ge ticket dhinumah Primary baavanee
image
ކައުންސިލް އިންތިހާބަށް ޖޭޕީގެ ޓިކެޓް ދިނުމަށް ޕްރައިމަރީ ބާއްވަނީ
ސީއެންއެމް
0 ކޮމެންޓް
 

ކައުންސިލް އިންތިހާބަށް ޖޭޕީގެ ޓިކެޓް ދިނުމަށް ޕްރައިމަރީ ބާއްވަނީ

އަންނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުތަކުގައި ޖުމްހޫރީ ޕާޓީން ޓިކެޓްދޭނީ ޕްރައިމަރީ އަކަށް ފަހުކަމަށް އެޕާޓީން މިރޭ ނިންމައިފި އެވެ.
މިރޭ ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވަނީ ކައުންސިލް އިންތިހާބުގައި އެޕާޓީގެ ޓިކެޓަށް އެކަކަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާ ދާއިރާ ތަކުގައި ޕްރައިމަރީ ބޭއްވުމަށެވެ.

މީގެ އިތުރުން އެޕާޓީގެ މެމްބަރޝިޕް އިތުރު ކުރުމަށާއި އިންތިހާބީ ދާއިރާތަކަށް ރައީސުން ހޮވުމަށްވެސް މިރޭ ވަނީ ނިންމާފައވެ.

މީގެ އިތުރުން އެކަންކަން ކުރުމަށް ފަސް މެމްބަރުންގެ ކޮމެޓީއެއްވެސް މިރޭވަނީ އެކުލަވާލާފައެވެ.

ކައުންސިލް އިންތިހާބަށް ޓިކެޓް ދިނުމަށް ޖޭޕީން މިރޭ ނިންމިއިރު، ނިމިނިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެޕާޓީގެ ޓިކެޓްގައި ގިނަ ދާއިރާތަކަކަށް ވާދަކުރި ނަމަވެސް އެޕާޓީއަށް ލިބިފައިވަނީ ފަސް ގޮނޑިއެވެ.
ޖޭޕީ
ހިޔާލު