Haadhisaa thah ithuru vaathee dhuvasvee imaaraaiy thakah fiyavalhu alhan govaalaifi
image
އެމްއެންޔޫގެ އިސްލާމިކް ސްޓަޑީޒް، ކުރިން ހިންގަމުން އައި އިމާރާތުގެ ސީލިންގުން ބޮޑު ބައެއް ކަނޑައިގެން ގޮސްފައި--
0 ކޮމެންޓް
 

ހާދިސާތައް އިތުރުވާތީ ދުވަސްވީ އިމާރާތްތަކަށް ފިޔަވަޅު އަޅަން ގޮވާލައިފި

ދިރިއުޅެން ރައްކާތެރިކަން ނެތް އިމާރާތްތައް ފާހަގަކޮށް އެތަންތަނުގެ އިންސްޕެކްޝަން ހަދައި އަވަސް ފިޔަވަޅު އަޅަން މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ގޮވާލައިފި އެވެ.
މަސީން އެގޮތަށް ގޮވާލާފައި މިވަނީ އިއްޔެ ހަވީރު ހ. ރުއްދޮށުގެ ބެލްކަނީގެ ބޮޑު ބައެއް މަގުމައްޗަށް ވެއްޓި އެވަގުތު އެގޭ ތިރީގައި ތިބި ހަތަރު މީހަކާއި ކުއްޖަކަށް އަނިޔާވެފައި ވަނިކޮށެވެ.

މަސީން ރޭ ނެރުނު ބަޔާނެއްގައި ވަނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން އަތޮޅުގެ ތެރޭގައި ހުރި އިމާރާތްތަކާއި ތަންތަނުގެ ހާލަތު ބަލައި ވަޒަންކޮށް އެތަންތަނަކީ ދިރިއުޅެން ރައްކާތެރި ތަނެއްތޯ ބެލުމަށް ގޮވާލާފަ އެވެ. އަދި އެތަންތަނާއި މެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ގޮވާލި އެވެ.

އޭގެ އިތުރުން އިމާރާތްކޮށްފައިވާ ބޭނުންތަކާއި އިމާރާތް ބޭނުން ކުރުމަށް ހުއްދަ ދީފައިވާ ގޮތާއި ސިޑިގޮޅި އާއި ބެލްކަނިތައް އަދި ވެންޓިލޭޝަންތަކާއި ވައިގޮޅި ފަދަ ތަންތަން ބޭނުން ކުރަނީ ހުއްދަ ދީފައިވާ ގޮތަށްތޯ ބަލައި އިސްލާހު ކުރަން ޖެހޭ ކަމެއް ހުރި ނަމަ އެކަމެއް އަވަހަށް އިސްލާހުކޮށް ފިޔަވަޅު އެޅުމަށް ވެސް މަސީން ވަނީ ގޮވާލާފަ އެވެ.

އެ ބަޔާނުގައި ވަނީ ބާ ޖަމާލުއްދީން ސްކޫލުގެ އިމާރާތުގެ ސްލެބްގެ ދަށުން ބައެއް ވެއްޓުނު ހާދިސާއެއްގައި އެ ތަން ބަލައިދިނުމަށް އެދުމުން އެ ތަން ބަލައި އެއިމާރާތް ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް ލަފާދީފައިވާ ކަމަށާއި އެކަމަކު ވެސް އެތަން އަދިވެސް ބޭނުން ކުރަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މަސީން ވަނީ އެއްވެސް އަގަކާއި ނުލާ އެތަންތަނުގެ އެސެސްމެންޓް މަސީން ހެދީ އިމަޖެންސީ ކަމެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.

މަސީއަކީ ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލްކުރާ މައި ޖަމިއްޔާ އެވެ.
ހިޔާލު