Criminal court ah 2 gaazee hoadhan iulhaanu koffi
image
ކްރިމިނަލް ކޯޓު-- ފޮޓޯ: ވީނިއުސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ކުރިމިނަލް ކޯޓަށް ދެ ގާޒީއަކު ހޯދަން އިއުލާނުކޮށްފި

ކުރިމިނަލް ކޯޓަށް ދެ ގާޒީން ހޯދަން ޖުޑީޝަލް ސާރަވިސް ކޮމިޝަނު (ޖޭއެސްސީ) އިން އިއުލާނުކޮށްފި އެވެ.
ގާޒީ ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 11 އާ ހަމައަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީންގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ 48،000 ރުފިޔާ ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އުސޫލުގެ މަތިން މެޑިކަލް އިންޝިއުރެންސާއި ފޯނު އެލަވަންސް ވެސް ލިބޭނެ ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ.

އެ މަގާމަށް ކުރިމަތިލާއިރު ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި 25 އަހަރުވެފައިވުމާއި، ގާނޫނާއި އިސްލާމީ ޝަރީއާ އިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހަކަށްވުމުގެ އިތުރުން އެ މަގާމަށް ކުރިމަތިލާ ފަރާތަކީ ފަނޑިޔާރުކަން ނުވަތަ ވަކީލުކަންކޮށް ދެ އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވެސް ވާންޖެހޭނެ އެވެ.
ހިޔާލު