Hithadhoo Regional Hospital ah beynunvaa saamaanu hoadhan bayakaa havaalukohfi
image
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް--
0 ކޮމެންޓް
 

ހިތަދޫ ހޮސްޕިޓަލަށް ބޭނުންވާ ސާމާނު ހޯދަން ބަޔަކާ ހަވާލުކޮށްފި

އައްޑޫ ސިޓީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާނެ އޮފީސް ފަރުނީޗަރާ އެހެނިހެން ސާމާނު ހޯދަން ޕްލޭނިން މިނިސްޓްރީން މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.
ޖުމްލަ 1.7 މިލިއަން ޑޮލަރުގެ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަލްކޭ-ތުރްމަކްސް ޖޮއިންޓް ވެންޗަ ޕްރައިވެޓް ލިމިޓެޑް ކުންފުންޏާ އެވެ.

ހިތަދޫ ރީޖަނަލް ހިޮސްޕިޓަލްގެ ތަރައްގީގެ މަޝްރޫއަކީ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޯއެފްއައިޑީ) އާއި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ) ގެ ލޯނު އެހީގެ ދަށުން 9.9 މިލިއަން ޑޮލަރު އަދި ދައުލަތުގެ ބަޖެޓުން 2.6 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.

ހޮސްޕިޓަލަށް ބޭނުންވާ ފަރުނީޗަރާއި އެހެނިހެން ސާމާނު ހޯދުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 45 ދުވަހާއި 65 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެކަމުގެ އެއްބަސްވުމުގައި ޕްލޭނިިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނަރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަލްކޭ-ތުރްމަކްސް ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ޓެކްނިކަލް އޮފީހުގެ ޗީފް ބެރިސްކަން ގޮގެބަކަން އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން އައްޑޫ ހޮސްޕިޓަލަށް ބޭނުންވާ އޮފީސް ފަރުނީޗަރާއި އެހެނިހެން ސާމާނު ސަޕްލައިކޮށް އިންސްޓޯލް ކުރުމުގެ އިތުރުން ކަމިޝަން ކޮށްދޭނެ ކަމަށެވެ. އަދި އެތަކެތި ބޭނުން ކުރަން ތަނުގެ މުވައްޒަފުންނަށް ތަމްރީނުތައް ވެސް ދެން ޖެހޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
ހިޔާލު