Balcony vehtunu imaaraaiy inspect kuranee
image
ގެއެއްގެ ބެލްކަނިން ބައެއް މަގުމައްޗަށް ވެއްޓިފައި-- ފޮޓޯ: ސޯޝަލް މީޑިއާ
0 ކޮމެންޓް
 

ޕްލޭނިން މިނިސްޓްރީ އާއި ސިޓީ ކައުންސިލުން ބެލްކަނީ ވެއްޓުނު އިމާރާތް އިންސްޕެކްޓް ކުރަނީ

މާލޭގެ ގެއެއްގެ ބެލްކަނީ ވެއްޓި ބަޔަކަށް އަނިޔާވި ހާދިސާއަށް ފަހު އެ އިމާރާތުގެ ހާލަތު ވަޒަން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.
ހ. ރުށްދޮށުގޭގެ ބެލްކަނީގެ ބޮޑު ބައެއް އިއްޔެ މަގު މައްޗަށް ވެއްޓި، އެގޭދޮށުގައި ތިބި ފަސް މީހަކަށް އަނިޔާވި އެވެ. ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލާ ގުޅިގެން އެ ގޭގެ އެސެސްމެންޓެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިއްޔެގެ ހާދިސާގައި ޒަހަމްވި މީހުންގެ ތެރޭގައި 16 އަހަރުގެ ކުއްޖަކު ވެސް ހިމެނެ އެވެ.

އެނގިފައިވާ ގޮތުގައި އެމީހުންގެ ގަޔަށް ބެލްކަނީން ބައެއް ވެއްޓުނީ ސައިކަލުތަކެއްގެ މަތީގައި އެ ސަރަހައްދުގައި ތިއްބަ އެވެ. ބެލްކަނިން ބައެއް ވެއްޓި އެތަނުގައި ހުރި ސައިކަލުތަކަށް ވެސް ގެއްލުންވި އެވެ.

ގިނަ ދުވަސްވެގެން ބާވެ ރެނދުލާފާއި ހުންނަ އިމާރާތްތައް މާލޭގައި ގިނައެވެ. އެގޮތުން އެފަދަ އިމާރާތްތަކުން އެކި ބައިތައް ވެއްޓި މީހުންނާއި ތަކެއްޗަށް މީގެ ކުރިން ވެސް ގެއްލުންވެފައި ވެއެވެ.
ހިޔާލު