Fandiyaaru Didi liyumun JSC ah javaabu dhaaree vejje
image
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ--
1 ކޮމެންޓް
 

ފަނޑިޔާރު އަބްދުﷲ ދީދީ ލިޔުމުން ޖޭއެސްސީ އަށް ޖަވާބުދާރީވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ބަލަމުންދާ މައްސަލާގައި ލިޔުމުން ޖަވާބުދާރީ ވެވަޑައިގެންފި އެވެ.
ޖޭއެސްސީން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ފަނޑިޔާރު ޢަބްދުﷲ ދީދީ އެ ކޮމިޝަނަށް މިއަދު ޖަވާބުދާރީ ވެވަޑައިގެންފައިވާ ކަމަށާއި ޖަވާބުދާރީ ވެވަޑައިގަތީ ލިޔުމުން ކަމަށެވެ.

ޖޭއެސްސީން ބަލަމުން ދަނީ ފުލުހުން އަބްދުﷲ ދީދީއާ ގުޅޭ ގޮތުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ސުލޫކީ މައްސަލައެކެވެ. ދީދީގެ ތަހުގީގު އެންމެ ފަހުގެ އަޑުއެހުމުގައި ވަނީ ފުލުހުން އޭނާއާ ގުޅޭ ގޮތުން ބަލަމުންދާ މައްސަލަތައް ހާމަކޮށް ޖޭއެސްސީ އަށް ފޮނުވާފައިވާ ސިޓީ އިއްވާފަ އެވެ.

އާއްމުކޮށް ހުޅުވާލައިގެން ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ތަހުގީގުގައި ޖޭއެސްސީގެ ފަރާތުން ރިޔާސަތު ބެލެހެއްޓެވި މަސްތޫރު ހުސްނީ ވިދާޅުވީ ތަހުގީގު ކުރިއަށް ގެންދާނީ ހުރިހާ ހައްގުތަކެއް ދީގެން ކަމަށެވެ. އަދި އެއީ ފުލުހުން ދިން މައުލޫމާތުތަކަށް ބަލާއިރު ފަނޑިޔާރުގެ ސުލޫކީ މައްސަލަތަކެއް ހުރި ކަމަށް ފާހަގަވެގެން ގެންދާ އިދާރީ ތަހުގީގެއް ކަމަށެވެ. އަދި ޖިނާއީ ބައި ގެންދާނީ ކަމާ ގުޅޭ މުއައްސަސާއިން ކަމަށް ވިދާޅުވި އެވެ.

މަސްތޫރު ވިދާޅުވީ، ފަނޑިޔާރަށް ތުހުމަތުވާ ކަންކަމާއި ކުރި ސުވާލުތަކަށް ލިޔުމުން ޖަވާބު ދިނުމަށް ފަސް ދުވަހުގެ މުއްދަތެއް ދެއްވާ ކަމަށެވެ. ޖޭއެސްސީން ފަނޑިޔާރު އަބްދުﷲ ދީދީއާ މެދު އެކުލަވާލާ ރިޕޯޓަށް ޝަކުވާ ހުށަހަޅަން ވެސް ފަނޑިޔާރަށް 30 ދުވަސް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

އެދުވަހުގެ ތަހުގީގު ނިންމާލައްވަމުން މަސްތޫރު ވިދާޅުވީ ލިޔުމުން ޖަވާބުދާރީވުމަށްފަހު އިތުރު އަޑުއެހުމެއް ބާއްވަން ފެނިއްޖެ ހިނދެއްގައި އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.
ހިޔާލު

ޙުސެން

އަނެއްކާ ޖޭ،އެސް ސީ ވެސް ކޯރޓަކަށް،ވީތޯއެވެ؟ޖޭ އެސްސީ ޖެހެނީ އޭނާވެސް އަދި ރައްޔަތުނ ވެސް އެދި ވަޑައި ގަންނަވާގޮތައް ފާޅުކަން ބޮޑުގޮތަކަށް އޭނާގެ ބަޔާން އެންމެންގެ ކުރިމަތީގައި ނަންގަވާށެވެ.